Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކޮށް ނިމިއްޖެ: ހައުސިން މިނިސްޓަރީ

28 އޮކްޓޯބަރު 2024 - 21:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯއްޗެއް -- ފޮޓޯ: އަދަދު ފައިލް


ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކޮށް ނިމިއްޖެ: ހައުސިން މިނިސްޓަރީ

28 އޮކްޓޯބަރު 2024 - 21:32 0

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލުކޮށް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރީން ބުނެފި އެވެ.

އެ މިނިސްޓަރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކޮށް ނިމުނީ މިއަދު ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިދިޔަ އޯގަސްޓު މަހު މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ގޯތިތައް ދޫކުރެވޭނެ ކަމަށް ލަފާ ކުރެވެނީ ނޮވެމްބަރު މަހު ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅީ ފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލު ކުރަން ފަށާނީ އެތަންތަން ހިއްކައި ނިމުމުން ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ގޯތި ދޫކުރީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން 1351 ގޯއްޗާއި ގުޅީފަޅުން 2219 ގޯއްޗާއި ގިރާވަރުފަޅުން 5433 ގޯއްޗެވެ.