Advertisement

ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ރުހުން ދީފި

28 އޮކްޓޯބަރު 2024 - 17:28 0

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަޕްލިމެންޓަރީ ބަޖެޓަށް މަޝްވަރާކުރަނީ: ސަޕްލިމެންޓަރީ ބަޖެޓާ އެކީ މި އަހަރު ދައުލަތުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ރުހުން ދީފި

28 އޮކްޓޯބަރު 2024 - 17:28 0

ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އުނި އިތުރެއް ނުގެނެސް ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށަހެޅި 5.1 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ގޮތަށް ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިއަދު ރުހުން ދީފި އެވެ.

ބަޖެޓު ދިރާސާ ކުރި ކޮމިޓީން މިގޮތަށް ފާސްކުރަން ހުށަހެޅުއްވީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މެމްބަރު މުހައްމަދު އައްބާސް އެވެ. މި ހުށަހެޅުން ފާސްވީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރީ، ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭފުޅުން ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުން ނިންމާލަމުން ކަން ވެސް ފާހަގަކޮށްލެވެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އުސްއަލިތައް

  • ޕީއެސްއައިޕީއަށް - ދެ ބިލިއަން ރުފިޔާ
  • ސަބްސިޑީއަށް - 1.02 ބިލިއަން ރުފިޔާ
  • ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަން - 441.4 ބިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް - 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓު ލޯނު ދޫކުރުމަށް - 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންސިއުމަބަލްސްއަށް - 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް - 262.6 މިލިއަން ރުފިޔާ
  • މުސާރަ އާއި އުޖޫރައަށް - 24.4 މިލިއަން ރުފިޔާ

މި ބަޖެޓަށް އެމްއެމްއޭ އާއި އޮޑިޓު އޮފީހުން ދިން ލަފާގައި ވެސް މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ހަަރަދު ކުޑަކުުރުމުގެ ގޮތުން އަޅަން ބަޖެޓުގައި ހިމެނި ސިޔާސަތުތައް ތަންފީޒު ނުކުރުމާއި، ބަޖެޓަށް ފައިނޭންސް ކުރުމުގައި ހުރި ގޮންޖެހުންތަކެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ބޮޑު ބަޔެއް ފައިނޭންސް ކުރަނީ ނުވަތަ ބަޖެޓު ފޫބައްދަން ފައިސާ ހޯދަނީ އެތެރޭގެ ބާޒަރުންނެވެ. އެ ގޮތުން އެތެރޭގެ ބާޒާރުން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާއިރު، ބޭރުން ހޯދަން ބަޖެޓުކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެމްއެމްއޭ އިން ވަނީ ސަރުކާރުން ބޭނުންވާ އަދަދަށް އެތެރޭގެ ބާޒާރުން ފައިސާ ހަމަޖެހިދާނެ ކަމާ މެދު ސުވާލު ވެސް އުފައްދައިފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކީ މި އަހަރުގެ ދައުލަތުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރަ އެވެ.