Advertisement

ޕީޖީ އޮފީހަށް 539 މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހަޅައިފި

28 އޮކްޓޯބަރު 2024 - 13:23 0

މޫސާ ނާޝިއު

މ

Advertisement

ޕްރޮސްކިޔުޓާ ޖެނެރަލް އޮފީސް: އެ އިދާރާއިން ބުނީ ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި 539 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް -- ފޮޓޯ: ސޯޝަލް މީޑިއާ

ޕީޖީ އޮފީހަށް 539 މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހަޅައިފި

28 އޮކްޓޯބަރު 2024 - 13:23 0

Advertisement

Advertisement

ޕްރޮސްކިޔުޓާ ޖެނެރަލް އޮފީސް (ޕީޖީ) އާ މެދު ހުރި ޝަކުވާތަކާއި ޕީޖީގެ ނިންމުމަކާއި މެދު ހުރި ޝަކުވާތައް ހުށަހަޅަން ހުޅުވާލުމުން 539 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ އިދާރާއަށް ލިބުނު ޝަކުވާތަކުގެ ތެރޭގައި އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދަޢުވާތަކާއި، އިސްތިއުނާފުކޮށް ހިނގަމުންދާ އިސްތިއުނާފުތަކާއި، މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައި ތިބި މީހުންގެ ބަންދާ ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާ ހިމެނޭ ކަމަށެވެ.

Advertisement

ހުށައެޅުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް އެ އިދާރާއިން ބަލަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މުރާޖައާކުރުމަށް ހުށައަޅާފައިވާ ކަންތައްތައް ބަލަމުންދާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހަށް ޝަކުވާތައް ހުށައަޅަން ހުޅުވާލައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު އައްބާސް ޝަރީފް ވިދާޅުވީ މަސައްކަތަށް ނުކުމެ ތިން ހަފްތާތެރޭގައި ގިނަ އާންމުންތަކެއް ޝަކުވާ ހުށައެޅުމަށް ފޯނުކޮށް މެސެޖުކޮށް ހެދި ކަމަށް. އަދި ބޭނުންވަނީ ޝަކުވާ ހުށައެޅުމުގެ ކަންތައް ފޯމަލައިޒް ކުރަން

ޕީޖީ އޮފީހުން ބުނީ މި ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށްްފަހު އެ ޝަކުވާ ހުށައެޅި ފަރާތްތަކާ ހިއްސާކުރާނެ ކަމަށެވެ.

Advertisement

ޕީޖީ އޮފީހާ މެދު ހުރި ޝަކުވާތަކާއި ޕީޖީގެ ނިންމުމަކާއި މެދު ހުރި ޝަކުވާތައް ހުށަހަޅަން ހުޅުވާލީ މި މަހުގެ 1، ގަ އެވެ. މި ފުރުސަތު ހުޅުވާލީ އާންމުންގެ ގިނަ ބަޔަކު ޝަކުވާ ހުށައެޅުމަށް ފޯނުކޮށް މެސެޖުކޮށް ހަދާތީ، ޝަކުވާތައް ހުށަހެޅުމުގެ ކަންތައްތައް ރަސްމީ ނިޒާމެއްގެ ތެރެއަށް ފެއްތުމަށެވެ.

މިއީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރި ފަހުން، އޭނާގެ އިސްނެންގެވުމުގެ މަތިން ކުރަމުންދާ މަސައްކަތެކެވެ.