Advertisement

ޖޫނިއާ ޗެމްޕިއަންކަން ޔަސީން، އިޔާން އަދި ކަޔާން އަށް

28 އޮކްޓޯބަރު 2024 - 04:28 0

ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އެތުލީޓުން އުފާފާޅުކުރަނީ: ފޮޓޯ: ވަގުތު


ޖޫނިއާ ޗެމްޕިއަންކަން ޔަސީން، އިޔާން އަދި ކަޔާން އަށް

28 އޮކްޓޯބަރު 2024 - 04:28 0

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔަސީން އަހުމަދު ނާޝިދު އަދި ކަޔާން އަބްދުﷲ އަރީފް ހޯދައިފި އެވެ.

ޔަސީން ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ޖޫނިއާ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެހެންވެ, މިއީ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން ހޯދި ދެވަނަ ފަހަރެވެ.

މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަން ޔަސީން ހޯދީ ފައިނަލް ހީޓުގައި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ކުރި ހޯދައިގެންނެވެ. މި ހީޓުގެ ޔަސީން އެންމެ މަތިން ސްކޯކުރި ދެ ރާޅުގެ ޖުމްލަ 9.83 ޕޮއިންޓް ސްކޯއެއް ހޯދާފައެވެ. ނޫހް އަށް ލިބުނީ 6.57 ޕޮއިންޓެވެ.

ކަޔާން 16 އަހަރުން ދަށުގެ ޗެމްޕިއަން ހޯދީ ފައިނަލް ހީޓުގައި މިދިޔަ އަހަރު މި އުމުރުފުރާގެ ވެސް ޗެމްޕިއަންކަން ހޯދި ޔަސީންއާ ވާދަކޮށް ޖުމްލަ 11.33 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ޔަސީން އަށް ހޯދުނީ ޖުމްލަ 7.24 ޕޮއިންޓް އެވެ.

މިއަހަރުގެ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އިނާން ހޯދާފައިވަނީ ފައިނަލުގައި ޔޫސުފް ކަޔާންއާ ވާދަކޮށް 10.17 ޕޮއިންޓް ހޯދައިގެންނެވެ. މިދިޔަ އަހަރުގެ މި އުމުރުފުރާގެ ޗެމްޕިއަން ސައްޔިދު ސަލާހުއްދީން ބަލިކޮށްފައި ފައިނަލަށް ދިޔަ ޔޫސުފް ކަޔާން އަށް ފައިނަލް ހީޓުގައި ލިބުނީ 7.50 ޕޮއިންޓެވެ.