Advertisement

ޓޫރިޒަމް ޕްރޮމޯޓުކުރަން އެންމެ ވަރުގަދަ މަސައްކަތްތައް ކުރެވޭ އަހަރަކަށް 2025 ވާނެ: ފައިސަލް

26 އޮކްޓޯބަރު 2024 - 09:05 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް


ޓޫރިޒަމް ޕްރޮމޯޓުކުރަން އެންމެ ވަރުގަދަ މަސައްކަތްތައް ކުރެވޭ އަހަރަކަށް 2025 ވާނެ: ފައިސަލް

26 އޮކްޓޯބަރު 2024 - 09:05 1

އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ޓޫރިޒަމް ޕްރޮމޯޓުކުރަން އެންމެ ވަރުގަދަ މަސައްކަތައް ކުރެވޭ އަހަރަށް އަންނަ އަހަރު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ތައްޔާރުކުރި ހާއްސަ ލޯގޯ އާއި ބްރޭންޑިން އިފުތިތާހުކުރަން ރޭ ބޭއްވި ހަފުލާގައި ފައިސަލް ވިދާޅުވީ ރާއްޖެ ޕްރޮމޯޓްކުރަން އެކަށީގެންވާ ފައިސާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ލިބޭނެ ކަމަށެވެ.

އެއީ ކިހާވަރެއްގެ ބަޖެޓެއް ކަމެއް، އަދި ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ދިގު ތާރީހުގައި ކުރެވިފައި ނެތް ވަރަށް، އަންނަ އަހަރު ރާއްޖެ އިސްތިހާރު ކުރަން ރާވާފައިވާ މަސައްކަތްތައް ރޭ ހާމައެއް ނުކުރައްވަ އެވެ.

ފައިމިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިހާރު ވެސް ދުވާލަކަށް އެވްރެޖުކޮށް 5500 މީހުން ޒިޔާރަތް ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންވެ، އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަތޮޅަކަށް ޓޫރިޒަމްގެ މާސްޓަޕްލޭނެއް

ޓޫރިޒަމް ތަރައްގީ ނުވާ ސަރަހައްދުތަކަށް ޓޫރިޒަމް ތައާރަފުކުރުމާއި އެހެން ސަރަހައްދުގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ ވައުދެކެ އެވެ.

އެކަމަށް މަސައްކަތް ކުރަމުން އަންނައިރު، ކޮންމެ އަތޮޅަކަށް ޓޫރިޒަމްގެ މާސްޓަޕްލޭނެއް އެކުލަވާލާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކުރިއަށް އޮތް 10 އަހަރު ނުވަތަ 15 އަހަރަށް އެކުލަވާލާ އެ ޕްލޭނުގައި، ކޮންމެ އަތޮޅަކުން ރިސޯޓު ތަރައްގީކުރާނެ ރަށްތަކާއި ގެސްޓު ހައުސްގެ ގޮތުގައި ތައާރަފު ކުރާނެ އެނދުގެ އަދަދުގެ އަމާޒާއި ޓޫރިޒަމާ ގުޅޭ އެހެން ވިޔަފާރިތައް ތަރައްގީކުރުމުގެ ވިސްނުންތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެސްޓޯރެންޓާއި ލޯންޑަރީ ސާވިސް، ވޯޓްސް ސެންޓަރުތަކުގެ ވިޔަފާރީގައި ދިވެހި ޒުވާނުންނަށް ފުރުސަތު އިތުރުކުރުމަކީ ވެސް ވިސްނުމެއް ކަމަށް ފައިސަލް ފާހަގަ ކުރެއްވި އެވެ.

"މީގައި ނަތީޖާ ނެރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި 100-200 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމުގައި ރާއްޖޭގެ ބޭންކުތަކާއި ބޭރުގެ ބައެއް މާލީ އިދާރާތަކާ މަޝްވަރާކޮށްފައިވާ ކަަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.