Advertisement

ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ

25 އޮކްޓޯބަރު 2024 - 21:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެކްސިޑެންޓުވި ލޯންޗެއް މާލެ ފަޅުގައި: އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން --- ފޮޓޯ: އަދަދު


ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ

25 އޮކްޓޯބަރު 2024 - 21:00 0

ކ. ގުޅީފަޅު ކައިރިން ދެ ލޯންޗެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:30 ހާއިރު ކަމަށެވެ. އަދި މި އަނިޔާވި ހަތަރު މީހުންނަށްވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންގެ އެއްވެސް ތަފުސީލެއް އަދި އަނިޔާތަކުގެ ތަފުސީލެއްވެސް ފުލުހުން ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ ސެނޯރާ ނަމަކަށް ކިޔާ ލޯންޗަކާއި ކޮއްދިއްޕަރު ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ސެނޯރާ ލޯންޗުގެ ކުރީގެކޮޅު ހަލާކުވެފައިވާއިރު، ކޮއްދިއްޕަރު ލޯންޗުގެ އެއްފަރާތް ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ.

މި މައްސްލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.