Advertisement

ކަރަންޓު ޓްރާސްފޯމަރެއްގެ ތެރެއަށް ވަދެ އިން މީހަކު ހައްޔަރުކޮށްފި

މާލޭގައި މީގެ ކުރިން ހާދިސާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު ފައިލް


ކަރަންޓު ޓްރާސްފޯމަރެއްގެ ތެރެއަށް ވަދެ އިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ އިން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވަދެ އިނީ ހިޔާ 13 ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެެރެއަށެވެ. އޭގެ ތެރެއަށް އޭނާ ވަނީ ކީއްކުރަންކަމެއް ނޭނގެ އެވެ.

އެ މަންޒަރު ފެނުނު މީހަކު "އަދަދު" އަށް ބުނީ ފިރިހެން މީހާ ޓްރާސްފޯމަރުގެ ތެރެއަށް ވަނީ ފަތިހު 5:30 ހާއިރު ކަމަށެވެ. ސްޓެލްކޯގެ މުވައްޒަފަކާ އެކު ފުލުހުން ގޮސް އެ ޓްރާސްފޯމަރު ހުޅުވައި އޭނާ ހައްޔަރު ކުރީ އޭގެ އިރުކޮޅެއް ފަހުންނެވެ.

މިފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ހުންނަ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކުކޮށް، އެ ތަންތަނަށް ވަސެ ޓްރާސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ޓްރާސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް މިދިޔަ މާޗު 24، 27 އަހަރުގެ ޒުވާނަކު މަރު ވެސްވި އެވެ. އެ ޒުވާނާ މަރުވެފައި އޮއްވައި ފެނުނީ ޓްރާސްފޯމަރެއްގެ ތެރޭގަ އެވެ.