Advertisement

ސަރުކާރުގެ ބިލުތައް ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވަނީ

23 އޮކްޓޯބަރު 2024 - 09:41 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބިލުތައް ފާސްކުރަނީ ވަރަށް އަވަސް މަރުހަލާތަކަކުން. ފޮޓޯ: މަޖިލީހުގެ އިދާރާ


ސަރުކާރުގެ ބިލުތައް ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވަނީ

23 އޮކްޓޯބަރު 2024 - 09:41 0

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލު ހިމެނޭ ގޮތުން، ސަރުކާރުން އެންމެ ފަހުން ހުށަހެޅި ހަތަރު ބިލެއް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ދިރާސާކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އިއުލާނުކުރެއްވި ގޮތުގައި އެ ހަތަރު ބިލުގެ މަސައްކަތްކުރަން މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވާނީ މިއަދުގެ ޖަލްސާގެ ފަހުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރާ ބިލުތައް

  1. މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލު
  2. ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލު
  3. އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލު
  4. އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ބަދަލު ގެނައުމުގެ ބިލު

މުޅި މަޖި،ލީހުގެ ކޮމިޓީން މިއަދު ދިރާސާކުރާ ބިލުތަކުގެ ތެރެއިން ފުރަތަމަ ބިލަކީ ޓޫރިޒަމްގެ ދާއިރާއިން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ހުށަހެޅުއްވި ބިލެކެވެ.

ދެވަނަ ބިލަކީ ގްރީން ޓެކްސް ބޮޑުކުރުމަށް ޓަކައި ޓޫރިޒަމް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހަަޅެއްވި ބިލެވެ.

ތިން ވަނަ ބިލަކީ ބޭރަށް ފުރާ ޕަސިންޖަރުން އަތުން ނަގާ އެއާޕޯޓް ޓެކުހާއި ފީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވި ބިލެކެވެ.

އަދި ހަތަރު ވަނަ ބިލަކީ ދުންފަތުގެ އުފެއްދުންތަކާއި ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ޓަކައި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް، މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން މީގެ ކުރިން ބާއްްވަނީ ވަރަށް އަވަހަށް މަސައްކަތް ނިންމާ ބިލުތަކުގެ މަސައްކަތް ކުރުމަށެވެ.