Advertisement

ހުލާސާކޮށް އިއްޔެ: : ޓެކްސް ނެގުން މިހާރު މި މެންބަރަށް ގޯސް ކަމަކަށް ނުވުން

23 އޮކްޓޯބަރު 2024 - 05:57 0

އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި: ކުރިން ވިދާޅުވީ ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުންް ކަމަށް -- ފޮޓޯ: މަޖިލިސް


ހުލާސާކޮށް އިއްޔެ: : ޓެކްސް ނެގުން މިހާރު މި މެންބަރަށް ގޯސް ކަމަކަށް ނުވުން

23 އޮކްޓޯބަރު 2024 - 05:57 0

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހޯމަ ދުވަހު ހުށަހެޅުއްވީ، ޓެކްސް ނެގުމަކީ ފޭރުން ކަމަށް ވިދާޅުވެ، ޓެކްސް ނެގުމާ ދެކޮޅަށް މީގެ ކުރިން ފާޑުވިދާޅުވަމުން ގެންދެވި މައްޗަންގޮޅި އުތުރު މެންބަރު އިބްރާހިމް މުހައްމަދު އެވެ.

ދުންފަތުގެ ހުރިހާ ބާވަތްތަކާއި ވޭޕުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރުމުގެ ބިލް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އިބްރާހިމް އެވެ. އޭނާ މިހާރު ވިދާޅުވީ ޓެކްސް ބޮޑު ކުރަނީ ދައުލަތަށް ލިބޭ އާމްދަނީ ބޮޑުކޮށް، ސަރުކާރަށް ނަފާ ހޯދަން ކަމަށެވެ.

"[ވޭޕް] މަނާ ކުރަން މި އޮތް ވަގުތުގެ މުއްދަތުގެ ތެރޭގައި ވެސް އަޅުގަނޑުމެން ބޭނުންވަނީ ވޭޕް ބޭނުން ކުރާ މީހުންނާ އަދި ވޭޕާ އަދިވެސް ހީޓެޑް ޓޮބޭކޯ ފަދަ އާލާތްތަކުން ދައުލަތަށް އާމްދަނީއެއް އިތުރުކޮށް، ސަރުކާރަށް ނަފާވާނެ ގޮތެއް ހޯދުން،" އިބްރާހިމް ވިދާޅުވި އެވެ.

މީގެ ކުރިން 2012 ވަނަ އަހަރުން ފެށިގެން އިބްރާހިމް ވަނީ ޓެކްސް ނެގުމާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދައްކަވައިފަ އެވެ. އެގޮތުން ޓެކްސް ނެގުމަކީ ފޭރުން ކަމަށާއި ޓެކްސް ނެގުން އިސްލާމް ދީނުގައި ހުއްދަ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުން. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ. އެއީ އެއްވެސް ރައްޔިތަކު ބޭނުންވެގެން ކުރި އަދި ކުރާ ކަމެއް ނޫން،" ޖޫން، 2013، ގައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ޓެކްސް ނެގުން މެންބަރު އިބްރާހިމް ކުރިން ސިފަ ކުރެއްވީ މުދަލުން ހުރުމަތް ކެނޑުމުގެ ގޮތުގަ އެވެ.

މުހިއްމު ބައެއް ހަބަރު