22 އޮކްޓޯބަރު 2024 - 11:39 5
ހަސަން މުހައްމަދު
މެންބަރު އިބްރާހިމް: ވިދާޅުވީ ޓެކްސް ބޮޑު ކުރުމުން އާމްދަނީ އިތުރުވެ، ދައުލަތަށް ލިބޭ ނަފާ އިތުރުވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް
22 އޮކްޓޯބަރު 2024 - 11:39 5
ނޮވެމްބަރު 15، ގައި ވޭޕް ކުރަން ބޭނުން ކުރާ އާލާތްތައް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމުގެ ކުރިން ޓެކްސް ބޮޑު ކުރުމުގެ ބޭނުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިނގިރޭޓާއި ދުންފަތް އަދި ވޭޕް ކުރަން ބޭނުން ކުރާ އާލާތްތަކުން ޓެކްސް ބޮޑު ކުރުމުގެ ބިލަށް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ވިދާޅުވީ، ނޮވެމްބަރު 15، ގައި ވޭޕް އެތެރެ ކުރުން މަނާ ކުރަން ނިންމި ނަމަވެސް އެ ދުވަހާ ޖެހެންދެން އެތެރެ ކުރާ ވޭޕު ޑިވައިސްތަކުން ޓެކްސް ބޮޑު ކުރަނީ "ސަރުކާރަށް ނަފާވާނެ" ގޮތެއް ހޯދަން ކަމަށެވެ.
"މަނާ ކުރަން މި އޮތް ވަގުތުގެ މުއްދަތުގެ ތެރޭގައި ވެސް އަޅުގަނޑުމެން ބޭނުންވަނީ ވޭޕް ބޭނުން ކުރާ މީހުންނާ އަދި ވޭޕާ އަދިވެސް ހީޓެޑް ޓޮބޭކޯ ފަދަ އާލާތްތަކުން ދައުލަތަށް އާމްދަނީއެއް އިތުރުކޮށް، ސަރުކާރަށް ނަފާވާނެ ގޮތެއް ހޯދުން،" އިބްރާހިމް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ. އަދި ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ސަރުކާރުން ނިންމީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރި ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.
އޭގެ އިތުރުން، މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ ސިނގިރޭޓާއި ދުންފަތުން ޓެކްސް ބޮޑު ކުރުމުން، ދުންފަތުގެ އިސްތިއުމާލު ކުރާ ދަށް ފަންތީގެ އާބާދީއަށް ނިސްބަތްވާ މީހުން މަދުވާނެ ކަމަށެވެ.
"މި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ދެން އާދައިގެ ކުޑަކުޑަ ކުދިންނަކަށް މިކަން ކުރުމުގެ ގާބިލްކަމެއް ނުވަތަ ފުރުސަތެއް ނޯންނާނެ. އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ގައިމު ވެސް މިކަން ކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ،" މުސްތަފާ ވިދާޅުވި އެވެ. "ދުންފަތުގެ އިސްތިއުމާލު ކުރާ ބޮޑު އާބާދީއަކީ ހަގީގަތުގައި ދަށް ފަންތީގެ އާބާދީ."
އެ ބިލަށް މިއަދު ބަހުސް ކުރި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ، ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުމުން ދުންފަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވާނެތޯ ސުވާލު އުފައްދައިފަ އެވެ. އަދި ރައްޔިތުން ހޭލުންތެރިނުކޮށް، ޓެކްސް ބޮޑު ކުރުމުން ނުކުންނާނެ ނަތީޖާއާމެދު ވެސް އެމްޑީޕީގެ މެންބަރުން ސުވާލު އުފެއްދި އެވެ.
"ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާތީ ވެސް އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ ބޮޑު ކުރާ ޑިއުޓީއަކުން ނަތީޖާއެއް ނުފެނެއޭ. ނަންބަރުތަކުން އެކަން އެ ހުރީ ސާފުކޮށް ފެންނާށޭ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވި އެވެ.
ރާއްޖޭގައި 2019 ވަނަ އަހަރު ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. އަދި ދުންފަތް ބޭނުން ކުރާ ކުޑަކުދިންގެ އަދަދު ވެސް މަތިކަން ދިރާސާއިން ދައްކަ އެވެ. ކުޑަކުދިން އެންމެ ގިނައިން ބޭނުން ކުރަނީ ވޭޕެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބެއްޔާގެ ދަރި
5 months ago
ތިޔަ ހީފުޅުކުރައްވަނީ ހުރިހާ ދިވެހިންނަކީ ވެސް ގަމާރުން ކަމަށްތޯ. ވޭޕް މަނާކުރަން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ 15ގައި. އެހާ ތަނަށް ތިޔަ ބިލް ކިރިޔާ ތަސްދީގުކުރެވޭނީ. ދެން އެ މުއްދަތުގައި ކާކުތޯ ވޭޕް އެތެރެކުރާނީ. މަނާކުރާކަން އެނގިހުރެ ކާކުތޯ ވޭޕް ޝިޕްމެންޓެއް ގެންނާނީ. ބުއްދިވެރި ހަމަޖެހޭ ވާހަކަ ދައްކަވާ
ސައިޚް
5 months ago
ހަރާންކޯރު މީހުން މީ. ތިމާގެ ހަސީލަތް ނުބައިކަން ، ނިޔަތް އޮތްގޮތް އަމިއްލަ އަށް ވިސްނޭބާ.؟
ދޮގުދޮލަގު
5 months ago
ޓެކްސް ބޮޑުކުރަނީކީ ރައްޔިތުންނަށް ފައިދާއަކަށްނޫން، އަދަދުނުކުޜެވޭ ވަރަށް ސަރުކާރުގެ އޮފިސްތަކަށް ބޮަަޑުމުސާރަގައި ލައްވަފަ ތިބި ސިޔާސީ މިހުންނަށް މުސަރަ ދިނުމަށް އަދި އިތުރުކުރުމަށް!
ހުވަދޫ ސޮރެއް
5 months ago
ހުސައިން ސަލާހުއްދީން ރަހިމަހުﷲ ބުނުއްވާފައިވޭ ނޫންތޯ " އެ ކަންވާރަކުން ތިކި ޖަހާނީ އެ ކަންވާރެއްގަ ހުރި އެއްޗަކުންނެވެ"
ހިމާރުލްގައުމު
5 months ago
އިސްލާމް ދީނުގެ ތާޖު ބޮލުގަ އަޅައިގެން މިތިބީ މި "ހިޔަޅުން"ގެ ބަސްމަގާ އަޙުލާގިއްޔާތު.
Comment