Advertisement

އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި

21 އޮކްޓޯބަރު 2024 - 23:39 0


އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި

21 އޮކްޓޯބަރު 2024 - 23:39 0

ބެންގަލޫރުގައި މިހާރު ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭން މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން ވެސް މޮޅުވެއްޖެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ، ސައުދީ އަރަބިއްޔާ އަތުން 74-14 އިން ބޮޑު މޮޅެއް ހޯދައިފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި މެލޭޝިއާ އަތުން 64-28 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު، ތިން ވަނަ މެޗުގައި މިއަދު އިންޑިއާ އަތުން މޮޅުވީ، 54-48 އިންނެވެ.

ފޯރިގަދަކޮށް ދިޔަ މި މެޗުގައި، ފުރަތަމަ ކުއާޓަރު ނިމުނީ ރާއްޖެ 15-08 އިން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ކުއާޓަރު ނިމި، ހާފް ޓައިމްވިއިރު، ރާއްޖޭން ލީޑުގައި އޮތީ 34-17 އިންނެވެ. އަދި ތިން ވަނަ ކުއާޓަރުގައި ރާއްޖޭން ވަނީ 41-33 އިންނެވެ. އަދި ފަހު ކުއާޓަރުގައި ވެސް ރާއްޖޭން، ހަމަޖެހިލައިގެން ކުޅެ މޮޅަކާ އެކު، މެޗު ނިންމާލީ އެވެ.

މިއީ، ނެޓްބޯޅަ ޓީމުގެ ތާރީހުގައި ވެސް ހާއްސަ މޮޅެކެވެ. އިންޑިއާގައި ކުޅުނު މުބާރާތެއްގައި އެ ޓީމުގެ މައްޗަށް ކުރިހޯދުނު ފަހަރެވެ.

ހަތަރު ވަަނަ މެޗުގައި އަންގާރަ ދުވަހު ފިލިޕީންސާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ބުދަ ދުވަހު ޖަޕާނާ ކުޅެ، ފަހު މެޗުގައި ސްރީ ލަންކާއާ ބައްދަލުކުރާނެ އެވެ. ރާއްޖޭން ވަނީ މީގެ ދެ އަހަރު ކުރިން ކުޅުނު އޭޝިއާ މުބާރާތުގައި ޖަޕާން އަތުން މޮޅުވެފަ އެވެ.

ގައުމީ އަންހެން ނެޓްބޯޅަ ޓީމުގެ ކޯޗަކީ، ނީޝާ ހަލީމް އެވެ. އެންމެ ފަހުން ކުޅުނު އޭޝިއާ މުބާރާތުގައި ނީޝާގެ ކޯޗުކަމުގައި، ރާއްޖޭން ވަނީ ގަދަ އަށް ޓީމުގެ ތެރެއިން ފުރުސަތު ހޯދައި، ޓާގެޓަށް ވާސިލްވެފަ އެވެ.