Advertisement

އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ރަޖިސްޓްރީނުކޮށްދީ ބޭރުކޮށްލައިފި

21 އޮކްޓޯބަރު 2024 - 09:47 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އަބްދުއްރަހީމް މިއަދު ޖަލްސާގައި: ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދެއްވީ ޝަރުތު ހަމަނުވާތީ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ރަޖިސްޓްރީނުކޮށްދީ ބޭރުކޮށްލައިފި

21 އޮކްޓޯބަރު 2024 - 09:47 0

ފަލަސްތީނުގައި ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި ކުއްލި މައްސަލައެއް ރަޖިސްޓްރީނުކޮށްދީ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ނިންމީ އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށެވެ. އެ މައްސަލަ ބަލައިނުގަތުމުން ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ.

"އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ނުފެނުމުން އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. ޕާސްޕޯޓު މަނާ ކުރަން އެހާ ބޮޑު އިސްކަމެއް ދޭ ކަމަށް ސަރުކާރުން ވެސް ބުނާއިރު މި މައްސަލަ ބަލައިނުގަތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" މި ނޫހާ ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ނިންމީ ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާތީ ކަމަށެވެ. އެކަމަކު، އޭގެ ތަފުސީލެއް އަބްދުއްރަހީމް ނުދެއްވަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅުއްވެން ނެތް ވާހަކަ މެންބަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ގޮވާލާފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިސްނެންގެވުމާއެކު އަވަހަށް ނިންމައިދިނުމަށެވެ.

"މުޅި އިސްލާމީ އުއްމަތަށް އިޒްރާއީލުން ޖައްސަމުން މިދާ ގިލަންވެރިކަމާއި އާފާތް ކުށްވެރިކޮށް އަޅުގަނޑުމެން އެކަމާ ކަނޑައެޅިގެން ދެކޮޅުވެރިކަން ހާމަކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށް، އިޒްރާއީލުގެ ޕާސްޕޯޓު މިހާރުން މިހާރަށް މަނާކޮށް، މި މައްސަލަ އިއްޒަތްތެރި މަޖިލީހުން އަވަސް ގޮތެއްގައި ނިންމައިދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގެވުމާއެކު އެ މައްސަލަ ކުރިއަށް ގެންގޮސްދެއްވުމަށް އެދެން،" އެ މައްސަލައިގަިއ ބުނެފައި އޮތެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ހުށަހެޅީ އެމްޑީޕީންނެވެ. ކޮމިޓީއަކަށް މިހާރު ފޮނުވައިގެން އުޅެނީ އެ ބިލެވެ. އެ ބިލު އެހެން އޮއްވައި، ގާނޫނުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން ސަރުކާރުން އިއުލާނު ކުރީ ޖޫން 2، 2024، ގަ އެވެ.

ނަމަވެސް އެއަށްފަހު އެންމެ ދެ މަސް ދުވަސް ވެސް ނުވަނީސް ސަރުކާރުން ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ ގޮތުން ތަފާތު ވާހަކައެއް ދައްކައި، ވާހަކަ ބަދަލުކޮށްގަ އެވެ.

"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" ޖުލައި 13، ގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.