Advertisement

އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށަން ރައީސް ނިންމަވައިފި

20 އޮކްޓޯބަރު 2024 - 20:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ވަޒީރުންގެ މަޖިލީހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށަން ރައީސް ނިންމަވައިފި

20 އޮކްޓޯބަރު 2024 - 20:18 0

އިންޑިއާގެ ޔުނިފައިޑް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފު ކުރުމަށް ގިނަ ކުންފުނިތައް އެކުލެވޭ ކޮންސޯޓިއަމެއް ގާއިމު ކުރުމަށް ނިންމައި އެ އެކަންކަން ދާނުދާގޮތް ބެލުމަށް އިންޓަ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު އެ ނިންމެވުން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ޔޫޕީއައި އަކީ މިދިޔަ އަހަރު އެމްއެމްއޭއިން ރާއްޖޭގައި ތައާރަފުކުރި ފަވަރަ ފަދަ، އެއް ބޭންކުން އަނެއް ބޭންކަށް ކާޑަކާ ނުލައި ވަގުތުން ރުފިޔާ ފޮނުވޭ ގޮތަށް އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑީއާ (އެންޕީއައިސީ) އިން 2016 ވަނަ އަހަރު ތައާރަފު ކުރި ނިޒާމެކެވެ.

އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފު ކުރުމަށް ގާއިމު ކުރާ ކޮންސޯޓިއަމްގައި ހިމަނަން ރައީސް ނިންމަވާފައި ވަނީ ރާއްޖޭގެ ބޭންކުތަކާއި ޓެލެކޮމް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތަކެވެ. އެ ކޮންސޯޓިއަމް ލީޑު ކުރަން ރައީސް ހަމަޖައްސަވާފައި ވަނީ ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.

ރާއްޖެއަށް އިންޑިއާގެ ޔޫޕީއައި ތައާރަފު ކުރުމުގެ މަސައްކަތް ދާނުދާގޮތް ބަލައި ވިލަރެސް ކުރުމުގެ މަސައްކަތަށް އެކުލަވައިލުމަށް ރައީސް ނިންމެވި އިންޓަ އޭޖެންސީ ކޯޑީނޭޝަން ޓީމުގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރީ އާއި ހޯމް މިނިސްޓަރީގެ އިތުރުން ފިނޭންސް މިނިސްޓަރީ އަދި އެމްއެމްއޭ އެވެ. އެ ޓީމު ލީޑު ކުރުމުގެ ޒިންމާ ރައީސް މަތި ކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރީ އަށެވެ.