Advertisement

ވައްކަމުގެ ތުހުމަތުގައި ހިފެހެއްޓުމުން ބުނީ، އުޅުނީ ފުރާޅު ޓިނު ރަނގަޅު ކުރަން ކަމަށް

20 އޮކްޓޯބަރު 2024 - 11:14 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފުލުހުންގެ މައި އިދާރާ -- ފޮޓޯ: އަދަދު ފައިލް


ވައްކަމުގެ ތުހުމަތުގައި ހިފެހެއްޓުމުން ބުނީ، އުޅުނީ ފުރާޅު ޓިނު ރަނގަޅު ކުރަން ކަމަށް

20 އޮކްޓޯބަރު 2024 - 11:14 1

ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހިފަހައްޓައި ސުވާލު ކުރުމުން، އުޅުނީ ގެއެއްގެ ފުރާޅުގައި ހުރި ޓިނު ރަނގަޅު ކުރަން ކަމަށް ބުނި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވައްކަމުގެ ތުހުމަތުގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކުރީ ހއ. ހޯރަފުށީ، އަލީ ވިސާމް 39 އެކެވެ. އޭނާއަކީ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެގޮތުން ކުށުގެ ތުހުމަތުގައި މީގެ ކުރިން އޭނާ 24 ފަހަރު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 15 ފަހަރު ބަންދަށް ބަދަލުކޮށްފައިވާކަން އޭނާގެ ބަންދު ލޮގުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅައިފައި ވަނީ ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ކުށުގެ ރިކޯޑުތަކެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނެފައި ވަނީ ސީނަށް ފުލުހުން ދިޔައީ ވައްކަން ކުރަން ތަނަކަށް ވަތް މީހަކު ހިފަހައްޓައިގެން އުޅޭ ކަމަށް ޓޯކީން ގޮވުމުން ކަމަށެވެ.

ސީނަށް ގޮސް މައުލޫމާތު ސާފު ކުރިއިރު، ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހިފަހައްޓާފައި ހުރި އަލީ ވިސާމް އެ ތަނަކަށް ވަނީ ޖެހިގެން ހުރި ގޭގެ ފުރާޅު ޓިނު ރަނގަޅު ކުރަން ކަމަށް އެތަނުގައި ތިބި މީހުންގެ ގާތުގައި ބުނެފައިވާކަން އެނގުނު ކަމަށް ހާދިސާ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް ވިސާމް އާ ފުލުހުން ސުވާލު ކުރުމުން، އެ ފުރާޅަށް އެރީ އޭނާގެ ފޯނު ފުރާޅު މައްޗަށް ވެއްޓިގން ކަމަށް ބުނެފައިވާ ކަމަށް ހާދިސާ ރިޕޯޓުގައި ފުލުހުން ބުނެފައިވެ އެވެ.