Advertisement

ނޯޓިލަސް ފައުންޑޭޝަނުން ދޭ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ނޯޓިލަސް ފައުންޑޭޝަނުން ދޭ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލުން -- ފޮޓޯ: އަދަދު


ނޯޓިލަސް ފައުންޑޭޝަނުން ދޭ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ނޯޓިލަސް ފައުންޑޭޝަނުން ފަންޑުކުރާ ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފައުންޑޭޝަނުން ފުރުސަތު ހުޅުވާލީ ހަތަރު ދާއިރާއެއްގެ ހަތަރު ކޯހަކަށް ކުރިމަތިލުމަށެވެ. އެ ފުރުސަތު ހުޅުވާލީ އަންނަ ނޮވެމްބަރު 30، ގެ ނިޔަލަށެވެ.

ނޯޓިލަސް ފައުންޑޭޝަނުން ބުނީ ފުރުސަތު ލިބޭ މީހުންނަށް ޓިއުޝަން ފީގެ އިތުރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށާއި އެ މީހުން ކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގައި މަދުވެގެން ތިން އަހަރު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކުރިމަތިލާން ހުޅުވާލި ސްކޯލާޝިޕްތައް:

މެޑިކަލް ސްޕެޝަލައިޒޭޝަން ކިޔަވާ މީހުން ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި، ރީޖަނަލް ހޮސްޕިޓަލެއްގައި މަދުވެގެން އެއް އަހަރު މަސައްކަތް ކުރަން ޖެހެ އެވެ.

އޭގެ އިތުރުން ކޮމާޝަލް ކުކަރީ ކޯސް ފުރިހަމަ ކުރާ މީހާއަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ވެސް ތަނަވަސް ކޮށްދޭނެ ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ބުންޏެވެ.

ސްކޯލާޝިޕްގައި ކިޔަވާ މީހުން ކޮންމެ މަހަކު ޕާފޯމަންސް، އެޓެންޑެންސް ހުށަހަޅަން ޖެހެ އެވެ.

ނޯޓިލަސް ފައުންޑޭޝަންގެ އެހީތެރިކަމާ އެކު 12 މީހުން މިހާރު ވެސް ރާއްޖެއިން ބޭރުގައި އަންނަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.