Advertisement

ބޫޓާނުގައި ބާއްވާ މުބާރާތެއްގައި ގައުމީ ކްރިކެޓް ޓީމު ވާދަކުރަނީ

16 އޮކްޓޯބަރު 2024 - 16:59 0

ގައުމީ ކްރިކެޓް ޓީމުން އެންމެ ފަހުން ކުޅުނު ޓީ20 ކްރިކެޓް ކޮލިފައިން މެޗެއްގެ ތެރެއިން.


ބޫޓާނުގައި ބާއްވާ މުބާރާތެއްގައި ގައުމީ ކްރިކެޓް ޓީމު ވާދަކުރަނީ

16 އޮކްޓޯބަރު 2024 - 16:59 0

ބޫޓާނުގައި ބާއްވާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވާދަކުރަން އެ ގައުމަށް ގޮސްފި އެވެ.

ބޫޓާނުގެ ފުރަތަމަ ކްރިކެޓް ސްޓޭޑިއަމް ހުޅުވަން ކުޅޭ މި މުބާރާތުގައި، ބޫޓާނާއި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އިންޑޮނޭޝިއާ އާއި ތައިލެންޑް އެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 19 ވަނަ ދުވަހު ކުޅޭނީ، އިންޑޮނޭޝިއާއާ ދެކޮޅަށެެވެ. ދެ ވަނަ މެޗުގައި، 20 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި މި މަހު 22 ވަނަ ދުވަހު ބައްދަލުކުރާނީ ތައިލެންޑާ އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި ކްރިކެޓް ބޯޑުގެ އިސްވެރިން، ކްރިކެޓް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ސެމީ ފައިނަލް މި މަހުގެ 23 ގައި ކުޅޭއިރު، ތިން ވަނަ ހޮވާ މެޗު 24 ގައި ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭނީ، މި މަހުގެ 25 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ރާއްޖެ އަށް ކޯޗުކޮށްދޭނީ އިސްމާއިލް ނިހާދު އާއި އަހުމަދު ނީޝަމް ނާސިރު އެވެ. ޓީމުގެ ކެޕްޓަނަކީ، ޔޫސުފް އަޒްޔާން ފަރުހަތު އަދި ވައިސް ކެޕްޓަނަކީ، އާދަމް ނާސިފު އުމަރު އެވެ.

ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ލީމް ޝަފީގު، އަލީ ޝުނާން، މުހައްމަދު މިއުވާން ޝިފާއު، މަބްސަރު އަބްދުﷲ އިބްރާހިމް، އަހުމަދު އަމީލް މައުރޫފް، އިސްމާއިލް އަލީ، ހަސަން އިބްރާހިމް، އިބްރާހިމް ޝައުފް ހަސަން، އިބްރާހިމް ރިޒާން، އައްޒާމް މުހައްމަދު، އިބްރާހިމް ނަޝާތު، ހަސަން ހާޒިގް ރަޝީދު ހިމެނެ އެވެ.