Advertisement

ރާއްޖޭން އަންނަ މަހު އިންޓަނޭޝަނަލް މެޗުތަކެއް ކުޅެނީ

16 އޮކްޓޯބަރު 2024 - 14:31 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރާއްޖޭން އަންނަ މަހު އިންޓަނޭޝަނަލް މެޗުތަކެއް ކުޅެނީ

16 އޮކްޓޯބަރު 2024 - 14:31 0

ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހުގެ ފީފާ ބްރޭކުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތު ދީފި އެވެ.

އެ ގޮތުން، އަންނަ މަހު ފީފާގެ ބްރޭކްގެ ގޮތުގައި ލިބޭ ދުވަސްތަކުގައި ގައުމީ ޓީމުން މެޗުތަކެއް ކުޅެން މަސައްކަތް ކުރަމުން އަންނައިރު، މިއީ، އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗުތަކެވެ. އެންމެ ފަހުން ގައުމީ ޓީމުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު، ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ދެކޮޅަށެވެ.

އަންނަ މަހު ފީފާ ބްރޭކް އޮތީ ނޮވެމްބަރު 11-19 އަށެވެ. އެހެންކަމުން، އެ މުއްދަތު ތެރޭގައި ރާއްޖޭން މި އަހަރު ކުޅޭ ފުރަތަމަ މެޗުތައް އޮންނާނެ އެވެ.

ނޮވެމްބަރު މަހު، ނޭޕާލުން ތިން ގައުމެއްގެ މެދުގައި ކުޅޭ، އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތް ފަށައި، ގައުމުތަކަށް ދައުވަތު ފޮނުވިއިރު، އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ރާއްޖޭން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުގެ އެ ދައުވަތު ގަބޫލުކޮށް، އެ މުބާރާތުގައި ކުޅެން ނިންމި ނަމަވެސް އެ މުބާރާތް ފަހުން މި ވަނީ ކެންސަލްކޮށްފަ އެވެ.

އޭރު އެފްއޭއެމް އިން ވަނީ، އެހެން ގައުމުތަކަކުން ނޮވެމްބަރު މަހު މެޗުތަކެއް ކުޅެން ލިބިފައި އޮތް ދައުވަތު ގަބޫލުކޮށްފައިވާ ކަމަށް ހާމަކޮށްފަ އެެވެ.

ނޮވެމްބަރު މަހު، ގައުމީ ޓީމުން ކުޅޭ މެޗުތަކުގައި ވެސް ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭން އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭނެ ސީދާ ތާރީހެއް ނޭނގެއިރު، ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނޭ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަންނަނީ މި މަހު ފަހުކޮޅުގައި، ފަށާ އޭއެފްސީ ޗެލެންްޖް ލީގަށް ފަރިތަކުރަމުންނެވެ.