Advertisement

މާލެ، ހުޅުލެ، ފުނަދޫ މޮނޮރެއިލްއިން ގުޅާލަން ޗައިނާގެ ބީޔޫސީޖީ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 އޮކްޓޯބަރު 2024 - 11:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޮނޮރެއިލް މަޝްރޫއުގެ އެމްއޯޔޫގައި ސޮއިކުރުން: މި މަޝްރޫއުގެ ދަށުން މާލެ، ފުނަދޫ އަދި ހުޅުލެ ގުޅާލާނެ --- ފޮޓޯ: އެމްއޭސީއެލް


މާލެ، ހުޅުލެ، ފުނަދޫ މޮނޮރެއިލްއިން ގުޅާލަން ޗައިނާގެ ބީޔޫސީޖީ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 އޮކްޓޯބަރު 2024 - 11:42 0

މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ވެރި ރަށް މާލެ މޮނޯރެއިލްއިން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެމްއޭސީއެލް އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި އެމްއޯޔޫގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ކަމަށެވެ. ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ލުއޯ ވީ ކަމަށެވެ.

މި މަޝްރޫއަށް ދީފައިވާ ނަމަކީ "ވެސްޓް ސައިޑު ކޮމާޝަލް ހަބް އެންޑް ރެއިލް ޓްރާންސްޕޯޓް ޑިވެލޮޕްމަންޓް،" އެވެ. މިއީ ވީއައިއޭ ތަރައްގީކޮށް އެކްސްޕޭންޑު ކުރުމާއި ފުނަދޫގައި ތަރައްގީކުރާ އެސްއީޒެޑު މަޝްރޫއުގެ ދަށުން ހިންގޭ ކަމެކެވެ.

މޮނޮރެއިލް މަޝްރޫއަށް ފައިސާ ހޯދަނަ ސަރުކާރުން ހަވާލުވެފައިވަނީ ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ވެސް ހަވާލުކުރި ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ އެވެ.

މާލެ، ފުނަދޫ އަދި ހުޅުލޭގެ އިތުރުން މި މޮނޮރެއިލް ނެޓްވޯކުން އާ ސީޕްލޭން ޓާމިނަލް ބަދަލުކުރަން ނިންމި ފުރަނަފުށްޓާވެސް ގުޅާލާނެ ކަމަށް ސަރުކާރުން އިއުލާނުކުރި އެވެ. ނަމަވެސް މިހާތަނަށް ފުނަދޫގައި ހުރި ފިއުލް ފާމް ބަދަލުކުރުމާއި ފުރަނަފުށީގައި ހިންގާ ޝެރަޓަން ރިސޯޓު ބަދަލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ.

އެ މަސައްކަތްތައް ނުނިންމާ މޮނޮރެއިލް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަން ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ.