Advertisement

ގައުމީ ވޮލީ ލީގު: އެންމެ ކުރީގައި ޕޮލިސް އާއި ވެމްކޯ

14 އޮކްޓޯބަރު 2024 - 07:04 0


ގައުމީ ވޮލީ ލީގު: އެންމެ ކުރީގައި ޕޮލިސް އާއި ވެމްކޯ

14 އޮކްޓޯބަރު 2024 - 07:04 0

މިހާރު ކުރިއަށްދާ ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ އިން ކާމިޔާބު ކޮށްފި އެވެ.

ގައުމީ ވޮލީ ލީގުގެ ފަހު މެޗުގައި މިރޭ ޕޮލިސް އާއި ވެމްކޯ ބައްދަލުކުރާއިރު، ޗެމްޕިއަންކަން ކަނޑައަޅާނީ މި މެޗުންނެވެ. އެއީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ޕޮލިސް އަދި ވެމްކޯ އިން ވެސް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންކަމަށްވާތީ އެވެ.

ގައުމީ ލީގުގައި ޕޮލިސް ކްލަބުން އިއްޔެ ނުކުތީ ގުޑީސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 25-06, 25-06 އަދި 25-05 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ އާމިނަތު ޝަހާ ޝާމިން އެވެ.

އިއްޔެ މެންދުރު ކުޅުނު މެޗުގައި ވެމްކޯ އިން ނުކުތީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ވެމްކޯ އިންވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ, 25-15, 25-16 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކަލޯވާ އިންނަ އެވެ.

މީގެ އިތުރުން ރޭ ކުޅުނު މެޗު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ވަނީ އަސްދިގަ ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ.

މި މެޗުގެ ސެޓުތައް ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ, 25-16, 25-17 އަދި 25-08 އިންނެވެ.