Advertisement

ރޮނާލްޑީނިއޯ އެމެރިކާގެ ކްލަބެއްގެ ހިއްސާ ގަނެފި

12 އޮކްޓޯބަރު 2024 - 18:33 0


ރޮނާލްޑީނިއޯ އެމެރިކާގެ ކްލަބެއްގެ ހިއްސާ ގަނެފި

12 އޮކްޓޯބަރު 2024 - 18:33 0

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 12) - ފުޓްބޯޅަ ލެޖެންޑް، ބްރެޒިލްގެ ރޮނާލްޑީނިއޯގެ ކުންފުންޏަކުން އެމެރިކާގެ ކްލަބެއް ކަމަށްވާ ގްރީންވިލް ޓްރިއަމްޕް އިން ހިއްސާ ގަނެފި އެވެ.

އެމެރިކާ ފުޓްބޯޅައިގެ ތިން ވަނަ ޑިވިޝަނުގައި އޮތް ކްލަބެއް ކަމަށްވާ ގްރީންވިލް ޓްރިއަމްޕް އިން ރޮނާލްޑީނިއޯގެ ކުންފުނިން ހިއްސާ ގަނެފައިވަނީ ކިތައް ޕަސެންޓް ކަމެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެ އެވެ.

ގްރީންވިލް ޓްރިއަމްޕް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޮނާލްޑީނިއޯ، އެ ކްލަބްގެ ހިއްސާދާރަކަށް ވެގެންދިއުމަކީ، އެ ކްލަބް ފުޓްބޯޅައިގައި ކުރިއެރުން ހޯދަން ބޭނުންވާ ކަންކަން ކުރުމުގައި ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ. އެ ގޮތުން، ފުޓްބޯޅައިގައި ރޮނާލްޑީނިއޯ ހާސިލްކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާގެ ތަޖުރިބާގެ އެހީ ބޭނުންކޮށްގެން، ގްރީންވިލް ޓްރިއަމްޕް އަށް އެމެރިކާ ފުޓްބޯޅައިގެ މަތީ ލެވަލަށް ދެވިދާނެ ކަމަށެވެ.

ރޮނާލްޑީނިއޯ އަކީ 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިއްމު މެމްބަރެކެވެ. އޭނާ ވަނީ ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2004 އާއި 2005 ވަނަ އަހަރު ހާސިލްކޮށްފަ އެވެ. ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފެށި ރޮނާލްޑީނިއޯ ޔޫރަޕަށް ބަދަލުވީ 2001 ވަނަ އަހަރު ފްރާންސުގެ ޕީއެސްޖީން ލިބުނު ފުރުސަތާ އެކު އެވެ.

އެކަމަކު އޭނާގެ ހަގީގީ ކެރިއަރު ފެށުނީ 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ހޯދި އެވެ. އެ ޓީމަށް ކުޅުނު 207 މެޗުން 94 ލަނޑު ޖެހި އެވެ. ބާސެލޯނާ އިން އޭނާ 2008 ވަނަ އަހަރު އޭސީ މިލާނަށް ވިއްކާލި އެވެ. އެ ޓީމާ އެކު 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ.

ކެރިއަރުގެ ފަހު ކޮޅުގައި ރޮނާލްޑީނިއޯގެ މޮޅު ކުޅުމުން ނުފެނުނު އެންމެ ބޮޑު ސަބަބަކީ އޭނާގެ ދިރިއުޅުމުގެ ލައިފްސްޓައިލް އެވެ.