Advertisement

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް، ކުޑަކުއްޖަކާއި ތިން މިހާކަށް ފަރުވާދެނީ

12 އޮކްޓޯބަރު 2024 - 12:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލޭ މަގުމަތި: ފޭސް އެކެއްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް މިހާރު ދަނީ ފަރުވާދެމުން --- ފޮޓޯ: އަދަދު


ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް، ކުޑަކުއްޖަކާއި ތިން މިހާކަށް ފަރުވާދެނީ

12 އޮކްޓޯބަރު 2024 - 12:09 0

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާ އެ އުޅަނދުތަކުގައި ތިބި މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިނގި މި އެކްސިޑެންޓުގައި ޖެހުނު ދެ ސައިކަލަށް ގެއްލުންތަކެއްވެ އޭ ދެ އުޅަނދުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ހަތަރު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދާއި ނުރައްކާތެރިކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ އެކްސިޑެންޓުތަކުގައި އުޅަނދުތަކުގެ އިތުރުން މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.

ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މަގުމަތީ ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކޮށް ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެންނާނެ ކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށް ނުވަތަ ނެތް ކަމަށް ފުލުހުން ނުބުނެ އެވެ.