Advertisement

ޗެނަލް 13 އިން ގެނައި ޑޮކިއުމެންޓްރީގެ މައްސަލަ ބްރޯޑްކޮމް އިން ބަލަން ފަށައިފި

8 އޮކްޓޯބަރު 2024 - 19:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބްރޮޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ: ޗެނަލް 13 އިން ގެނައި ޑޮކިއުމެންޓްރީގެ މައްސަލަ ބްރޮޑްކޮމްއިން ބަލަން ފެށުން -- ފޮޓޯ: މަޖިލިސް


ޗެނަލް 13 އިން ގެނައި ޑޮކިއުމެންޓްރީގެ މައްސަލަ ބްރޯޑްކޮމް އިން ބަލަން ފަށައިފި

8 އޮކްޓޯބަރު 2024 - 19:17 0

ޗެނަލް 13 އިން ގެނެސްދިން "ބެލްކަނި" ޑޮކިއުމެންޓްރީގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން މިއަދު ބަލަން ފަށައިފި އެވެ.

އެ ޑޮކިއުމަންޓްރީ ގެނެސްދީފައި ވަނީ ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާން، އޭނާ ދިރިއުޅޭ މ.ހަސޯވަ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވި ހާދިސާއާ ގުޅިގެން ޗެނަލް 13 ހެދި ޑޮކިއުމެންޓްރީއެކެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ބްރޮޑްކޮމްއިން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި ނިމެންދެން އެ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ވަނީ އަންގާފަ އެވެ.

ޗެނަލް 13 ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށްފައިވާ އެ ކޮންޓެންޓާއި، ކޮންޓެންޓުގައި ހިމެނޭ ބައިތައް ނެގުމަށް ނިންމީ ބްރޮޑްކޮމްއިން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބްރޮޑްކޮމްއިން ބަލަމުން ދިޔުމަށް ވެސް އެ ބައްދަލުވުމުގައި ނިންމި އެވެ.

އޭގެއިތުރުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން "ބެލްކަނި" ޑޮކިއުމެންޓްރީގެ ކޮންޓެންޓް ރައްކާ ކޮށްފައި ބެހެއްޓުމަށް ވެސް ބްރޮޑްކޮމް އިން ވަނީ ޗެނަލް 13 އަށް އަންގައިފަ އެވެ.

އެ ޑޮކިއުމަންޓްރީ ދެއްކުމަށް އިސްތިހާރު ކުރަމުންދިޔުމާ ގުޅިގެން އިއްޔެ ބްރޮޑްކޮމް އިން ވަނީ ޗެނަލް 13 އަށް ސިޓީއެއް ފޮނުވައި އެ ޑޮކިއުމަންޓްރީ ބްރޮޑްކާސްޓް ކުރުމުގައި ސުލޫކީ މިންގަނޑާއި އެއްގޮތަށް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ބްރޮޑްކޮމްއިން އެގޮތަށް އިލްތިމާސްކުރީ އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ކަންބޮޑުވުންތަކެއް ފުލުހަށް ހިއްސާ ކޮށްފައިވާތީ، އެ އިދާރާގެ ފަރާތުން އެކަން ކޮމިޝަނުގެ ސަމާލު ކަމަށް ގެނައުމުންނެވެ.