Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތުން

about 2 hours 0

ރައީސް މުއިއްޒު އާއި އަނބުކަނބަލުން ސާޖިދާ މުހިއްމަދު އިންޑިއާގެ ނިއު ދިއްލީ އެއާޕޯޓުގައި -- ފޮޓޯ: ރައީސް އޮފީ


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތުން

about 2 hours 0

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބޭނުންކުރާ ބޯޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެމަފިރިކަނބަލުން އިއްޔެ އިންޑިއާ އަށް ވަޑައިގަތެވެ.

އިންޑިއާ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިންޑިއާ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓުގެ މަތިންދާ ބޯޓެއްގައި ރައީސް އިންޑިއާއަށް ވަޑައިގަތީ ޖުމުލަ 50 މީހުންގެ ވަފުދަކާއެކު އެވެ.

ރައީސްގެ އިއްޔެ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރެއްވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވާނީ، އަދި ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި އެއްބަސްވުންތަކުގައި ސޮއި ކުރާނީ މިއަދު އެވެ.

އާ އެއްބަސްވުންތަކުގައި ސޮއި ކުރާއިރު، އެމްޑީޕީ ސަރުކާރުގައި ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެވި ވައުދު ނުފުއްދަ އެވެ.

މި ދަތުރުގައި އެ މަނިކުފާނު މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. އެއަށް ފަހު އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.

މުހިއްމު ބައެއް ހަބަރު