6 އޮކްޓޯބަރު 2024 - 13:22 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ޖަލްސާތައް ފެށުން އަންނަ ހަފުތާއަށް ފަސްކުރަން އޭނާ ވަނީ ނިންމަވާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ
6 އޮކްޓޯބަރު 2024 - 13:22 0
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ކުރިން ނިންމާފައި އޮތް ނަމަވެސް ޖަލްސާތައް ފެށުން އަންނަ ހަފުތާގެ ހޯމަ އަށް ފަސްކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.
މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި ޖަލްސާތައް ފެށުން އަންނަ ހޯމަ އަށް (އޮކްޓޯބަރު 14، އަށް) ފަސްކުރަން އަބްދުއް ރަހީމް ނިންމެވީ ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް ޓަކައި ވީޑިއޯ ރޫމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެވެ.
މަޖިލީހުގެ ޖަލްސާތައް ފެށުން ފަސްކުރަން ނިންމާފައި މިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މިއަދު ފަށްޓަވާފައި ވަނިކޮށެވެ. އެ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މާ ގިނަ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އެހެން ނަމަވެސް ވެރިކަންކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ފްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ކުރާނެ ކަމަށް ބެލެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ސަރުކާރުން ގެންނަން ނިންމާފައިވާ މާލީ އިސްލާހުތަކާ ގުޅޭ ބިލުތަކުގެ މަސައްކަތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment