Advertisement

ގާޒާގެ މިސްކިތަކަށް ހަމަލާދީ 21 މީހުން މަރާލައިފި

އިޒްރޭލުން ގާޒާގެ މިސްކިތަކަށް ހަމަލާދިނުން: ހަމަލާގައި 21 މީހުން ވަނީ މަރުވެފައި -- ފޮޓޯ: އަލްޖަޒީރާ


ގާޒާގެ މިސްކިތަކަށް ހަމަލާދީ 21 މީހުން މަރާލައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިސްކިތަކަށް ހަމަލާދީ، އެތަނުގައި ހިޔާވެހިކަން ހޯދައިގެން ތިބި 21 މީހުން މަރަލާއިފި އެވެ.

އިޒްރޭލުން ބުނީ އެ މިސްކިތަކީ ހަމާސް މީހުންގެ ކޮމާންޑް ސެންޓަރެއް ކަމަށެވެ. ނަމަވެސް އިޒްރޭލުން އެކަމާ ގުޅޭ އެއްވެސް ހެއްކެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ގާޒާގެ މިސްކިތަށް ދިން ހަމަލާގައި ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާއިރު ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 41،825 މީހުން ވަނީ މަރުވެ، 96،910 މީހުން ވަނީ ޒަހަމްވެފަ އެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން އަންނަނީ ހިޒްބުﷲ އާ ދެކޮޅަށް ލުބްނާނަށް ވެސް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފަ އެވެ.