Advertisement

ހުޅުމާލޭ ފޭސް ދެއަކުން ސިނާއީ ބޭނުމަށް ވިއްކާ 12 ބިމަކަށް ބިޑު ކުރަންް ހުޅުވާލައިފި

2 އޮކްޓޯބަރު 2024 - 22:57 0

ހުޅުމާލެއިން ވިއްކާ ބިމުގެ ލޮކޭޝަން އަދި ބޮޑުމިން: ކޮންމެ މީހަކަށް ވެސް ގަނެވޭނީ ގިނަވެގެން ތިން ބިން -- ފޮޓޯ: އެޗްޑީސީ


ހުޅުމާލޭ ފޭސް ދެއަކުން ސިނާއީ ބޭނުމަށް ވިއްކާ 12 ބިމަކަށް ބިޑު ކުރަންް ހުޅުވާލައިފި

2 އޮކްޓޯބަރު 2024 - 22:57 0

ހުޅުމާލޭ ފޭސް ދެޔަކުން ސިނާއީ ބޭނުމަށް ވިއްކާ 12 ބިމަކަށް ބިޑު ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

ބިން ވިއްކަން ކުރި އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވިއްކަނީ 3746 އަކަފޫޓުގެ އަށް ބިމަކާއި 3689 އަކަފޫޓުގެ ހަތަރު ބިމެކެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7500ރ. އެވެ.

ބީލަން ފެށޭ އަގަށް ބަލާ ނަމަ 3746 އަކަފޫޓުގެ އެންމެ ދަށް އަގަކީ 28 މިލިއަން ރުފިޔާ އެވެ. އަދި 3689 އަކަފޫޓުގެ ބިމުގެ އެންމެ ދަށް އަގަކީ 27.7 މިލިއަން ރުފިޔާ އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ފޭސް ދޭއްގައި ތަރައްގީ ކުރާ "އިންޓަގްރޭޓެޑް ހަބް" އިން ކަމަށެވެ. ބިން ގަނެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ނުވަތަ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށެވެ. އެންމެ ގިނަވެގެން ގަނެވޭނީ ތިން ބިމެވެ.

ބިން ގަތުމަށް ބިޑު ހުށަހަޅަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ބިޑު ބަންދުވާ ތާރީހެއް އެޗްޑީސީން ބުނެފައެއް ނުވެ އެވެ.