Advertisement

ކްލަބް މޯލްޑިވްސް ކަޕް: ފަހު މެޗުން ބަލިވިޔަަސް ކްލަބް ފެން އާއި ކްލަބް ޓީޓީއެސް ގަދަ 16 އަށް

2 އޮކްޓޯބަރު 2024 - 10:00 1

ކްލަބް ފެން ޓީމުގެ ޝާއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: ފަހު މެޗުން ބަލިވިޔަަސް ކްލަބް ފެން އާއި ކްލަބް ޓީޓީއެސް ގަދަ 16 އަށް

2 އޮކްޓޯބަރު 2024 - 10:00 1

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ފަހު މެޗުތަކުގައި ރޭ ކްލަބް ފެން އާއި ކްލަބް ޓީޓީއެސް ބަލިވި ނަމަވެސް، ލަނޑުގެ ތަފާތުން ދެ ޓީމަށް ވެސް ގްރޫޕްގެ ދެ ވަނަ މަގާމު ލިބި، ގަދަ 16 ބުރުން ޖާގަ ޔަގީންވެއްޖެ އެވެ.

ގްރޫޕް އޭގައި ރޭ ކްލަބް އާސަންދަ އަތުން 14-1 އިން ކްލަބް އެޗްޑީސީ މޮޅުވިއިރު، ޓީމު އެލައިޑުން ވަނީ 4-3 އިން ކްލަބް ފެން ބަލިކޮށްފަ އެވެ. ގްރޫޕް ބީގައި، ޓީމު އެފްއެސްއެމް އިން 3-0 އިން ކްލަބް ޓީޓީއެސް ބަލިކުރިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި އެމްއޭސީއެލް އިން ބަރޮސް މޯލްޑިވްސް ބަލިކުރީ، 4-2 އިންނެވެ.

އެޗްޑީސީން ގްރޫޕް އޭގެ އެއް ވަނަ ނުވަ ޕޮއިންޓާ އެކު ހޯދިއިރު، ދެން އޮތް ތިން ޓީމަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ. ކްލަބް ފެން އަށް ތިން ޕޮއިންޓާ އެކު، ފައިދާ ގޯލު ސުމެއްގައި އޮތްއިރު، އެލައިޑް، ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު، ގެއްލުން އެއް ގޯލުގަ އެވެ. އަދި އާސަންދަ އަށް ތިން ޕޮއިންޓާ އެކު، ގެއްލުން 15 ގޯލު އޮތުމުން އެ ޓީމު ކެޓީ އެވެ.

ގްރޫޕް ބީގެ އެއް ވަނަ އެފްއެސްއެމް އިން ހޯދީ ތިން މޮޅާ އެކު، ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ނިންމި ޓީޓީއެސް އާއި ތިން ވަނައިގައި ނިންމި އެމްއޭސީއެލް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޓީޓީއެސްގެ ފައިދާ ދެ ގޯލު އޮތްއިރު، އެމްއޭސީއެލްގެ ފައިދާ އޮތީ އެންމެ ގޯލެކެވެ. މި ގްރޫޕްގެ ފުލަށް ދިޔަ، ބަރޮސް ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.

ރޭގެ މެޗުގެ ތެރެއިން އެޗްޑީސީ ޓީމުގެ ސުހައިލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ރޭގެ މެޗުގައި އެޗްޑީސީގެ ހުސެއިން ސުހައިލް (ސޮކޭ) ފަސް ގޯލު ޖެހިއިރު، އަބްދުﷲ ޝައްފާން (ޝާކާ) ހެޓްރިކެއް ހެދި އެވެ. ދެން ލަނޑުތައް ޖެހީ، ތޮލާލް ނަސީރު ދެ ގޯލުގެ އިތުރުން، ހުސެއިން ނާޝިދު (ނާއްޓޯ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ޔާމީން މުހައްމަދު (ޔާންޓެ) އަދި ހައިޝަމް ރަޝީދު އެވެ. އާސަންދަ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ، ހަސަން ޒަހުވާން ޒާހިރު އެވެ.

ފެން ޓީމުގެ މުހައްމަދު ޝާއިން ދެ ގޯލު ޖެހިއިރު، ހުސެއިން ސަވީލް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ޓީމު ކޮޅަށް އެލައިޑުން ލަނޑުތައް ޖެހީ، އިބްރާހިމް ޒާހީ، ޔޫސުފް ސިދާމް، އަހުމަދު ޒަމީމް އަދި މުހައްމަދު އައިހަމް އެވެ.

އެފްއެސްއެމް އިން ޓީޓީއެސް ކޮޅަށް ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަަދު ޝާން، އަހުމަދު އައިހަމް (އައިހު) އަދި މުހައްމަދު ނާފިއު އަހުމަދު އެވެ .

އެމްއޭސީއެލް އަށް ރޭގެ މެޗުގެ ލަނޑުތައް ޖަހައިދިނީ، އަލީ ޝާފިއު، އަލީ ސަޖަން، އިބްރާހިމް އައިމަން އަދި މުހައްމަދު ޖިނާހު އެވެ. ބަަރޮސްގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ގުރައިޝް އާއި ހަސަން ނިމާހު މުހައްމަދު އެވެ.