Advertisement

ގަމުގައި ސުކޫލު ކުއްޖަކު ރަހީނުކުރުމަށް ފަހު ބަރަހަނާކޮށްގެން ވީޑިއޯ ނަގައި ބިރު ދެއްކި މައްސަލައެއް

2 އޮކްޓޯބަރު 2024 - 10:04 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ހައްދުންމަތީ ގަން. އެރަށުގައި ހުންނަ ހަމަދް ބިން ހަލީފާ އަލް ތާނީ ސުކޫލުގެ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ވަނީ ކުރިމަތިވެފައި


ގަމުގައި ސުކޫލު ކުއްޖަކު ރަހީނުކުރުމަށް ފަހު ބަރަހަނާކޮށްގެން ވީޑިއޯ ނަގައި ބިރު ދެއްކި މައްސަލައެއް

2 އޮކްޓޯބަރު 2024 - 10:04 0

ލ. ގަމުގައި ހުންނަ ހަމަދް ބިން ހަލީފާ އަލް ތާނީ ސުކޫލުގެ ފިރިހެން ދަރިވަރަކު އެ އުމުރުފުރައިގެ ކުދިންތަކެއް ރަހީނުކޮށްގެން ގެންދިޔުމަށް ފަހު އަނިޔާކޮށް ބަރަހަނާކޮށް ވީޑިއޯ ނަގައި މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާއި ގުޅިގެން އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ގޭގައި އެ ކުއްޖާ ނިދާފައި އޮއްވާ ކުޑަދޮރުން ވަދެ ބޭރަށް ނުގޮސްފިނަމަ މަރާލާނެކަމުގެ އިންޒާރު އެ ކުދިން ކަމަށެވެ. އަދި ބޭރަށް ދިއުމުން ރުއްގަނޑަށް ގެންގޮސް އަނިޔާކޮށް ބަރަހަނާކޮށް ވީޑިއޯ ނަގައި ފައިސާ ނުދީފި ނަމަ ލީކު ކޮށްލާނެ ކަމުގެ އިންޒާރު ދީފައިކަމަށެވެ.

"ގޭގައި ނިދާފައި އޮއްވާ ގެއަށް ވަދެ ރޫމަށް ކުޑަދޮރުން ވަދެ ބޭރަށް ނުގޮއްސިނަމަ މަރާލާނެކަމަށް ބުނެ ބިރު ދައްކާ، ބޭރަށް ދިއުމުން ރުއްގަނޑެއްގެ ތެރެއަށް ވައްދާ އޮރިޔާންކޮށް ދަނޑިބުރިޔަކުން ތަޅާ ވީޑިއޯ ކުރުމަށްފަހު، ރުފިޔާ ނުދީފިނަމަ ވީޑިއޯ ލީކް ކުރާނެކަމަށް ބުނެ ބްލެކްމޭލް ކުރި" އެ ޕޯސްޓުގައި އެކުއްޖާގެ މަންމަ ބުނެފައިވެ އެވެ.

ވީޑިއޯ އެ އުމުރުފުރައިގެ އެހެންކުދިން ތިބި އިންސްޓަގްރާމް ގުރޫޕަކަށް ވީޑިއޯ ލާ މަރުގެ އިންޒާރު ދީފައިވާ ކަމަށް ވެސް އެކުއްޖާ މަންމަ ބުންޏެވެ. މިކަމުގައި ވެސް ހައްގު އޮންނާނީ އަނިޔާކުރި ކުއްޖާގެ ކަމަށާއި އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދަދޭނީ ކިހިނެއްތޯ މަންމަ ވަނީ ސުވާލު އުފައްދާފަ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ މަންމައަކީ އެ ސުކޫލުގެ ޓީޗަރެކެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެންމައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެކުރިން ވެސް ރަސްދޫގައި މިސްކިތެއް ތެރޭ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި އޭރު އާންމުވި ވީޑިއޯގައި ދެކުއްޖަކު ވެގެން ފައިންނާއި އަތުން އަނިޔާކުރި ތަން ފެނެ އެވެ.