Advertisement

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުމުގެ ހުއްދަ އަލުން ދީފި

29 ސެޕްޓެންބަރު 2024 - 13:54 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ކުނޑި ކޮޅުތަކެއް ހުރިކަމަށް ބުނެ ވިއްކުން މަނާކުރި ކޮފްސީ ސިރަޕު. އެ އިއުލާން ބާތިލުކޮށް ހުއްދަ މިހާރު ވަނީ އަލުންދީފަ.


ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުމުގެ ހުއްދަ އަލުން ދީފި

29 ސެޕްޓެންބަރު 2024 - 13:54 0

ކެއްސާތީ އާންމުކޮށް ބޭނުންކޮށް އުޅޭ ކޮފްސީ ސިރަޕުގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން އެ ބޭސް ރާއްޖެ އެތެެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް އެ ބޭސް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުމުގެ ހުއްދަ އަަލުން ދީފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ މާކެޓުގައި މިހާރު ހުރި ކޮފްސީ ސިރަޕުގެ ބެޗްތައް ޓެސްޓު ކުރުމަށްފަހު މައްސަލައެއް ނެތްކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ވަގުތީ ގޮތުން އިމްޕޯޓުކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކުރެވިފައިވާ ތިރީގައިވާ ބޭސް [ކޮފްސީ ސިރަޕް] މާކެޓުން ލިބެންހުރި ބެޗުތަކުގެ ސާމްޕަލް ނަގާ އިތުރަށް ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ބޭހުގައި މައްސަލައެއް ނެތްކަން ވަނީ ފާހަގަކުރެވިފަ،" މިއަދު ނެރުނު ބަޔާނުގައިވެ ބުނެފައިވެ އެވެ.

ކޮފްސީ ސިރަޕް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން މަނާކުރީ އޯގަސްޓު 19، ގަ އެވެ.

މީގެ ކުރިން ވެސް ކޮލެޓީގެ މައްސަލަތައް ދިމާވެގެން ވަނީ ވަގުތީ ގޮތުން ބައެއް ބޭސްތައް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ކެއްސާތީ ބޭނުން ކުރާ ބޭހާއި އެހެނިހެން ބޭސްތައް ހިމެނެ އެވެ.