Advertisement

ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ތިން ގަޑިއިރު ތެރޭ ހޯދައިފި

ދަބަސް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ޒަބީހް މުހައްމަދު -- ފޮޓޯ: ފުލުހުން


ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ތިން ގަޑިއިރު ތެރޭ ހޯދައިފި

ޗައިނާ ފަތުރުވެރިއެއްގެ ދަބަސް ގެއްލިގެން ރިޕޯޓުކުރިތާ ތިން ގަޑިއިރު ތެރޭގައި ވައްކަން ކުރި މީހާ ހޯދައި، ވެރި ފަރާތާ ދަބަސް ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މެރީ ބްރައުންއާ ދިމާ ބޮޑުތަކުރުފާނު މަގު ބުރު މަތީގައި ބާއްވާފައި އޮތް އެ ދަބަސް ގެއްލުނު ކަމަށް ރިޕޯޓު ކުރީ ރޭ 7:12 ގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދަބަސް ހޯދުމަށް ގަލޮޅު ޕޮލިސްގެ ފަރާތުން ކުރި މަސައްކަތުން ރޭ 22:15 ހާއިރު ދަބަސް ހޯދައި ވެރި ފަރާތާ ހަވާލުކުރީ ބައެއް ތަކެތި ވިއްކާލާފައި ވަނިކޮށް އެ ތަކެތި ވެސް ހޯދައިގެން ކަމަށް ފުލުހުން ބުނެ އެވެ.

"ދަބަހުގައި ހުރި ބައެއް ތަކެތި ހޯދާފައި ވަނީ ވިއްކާލާފައި ވަނިކޮށް. ދަބަހުގައި ހުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕް، ހާޑް ޑްރައިވް، ޕަވާ ބޭންކް، ޕާސްޕޯޓް އަދި އަންނައުނާއި އެހެނިހެން ތަކެތި ހިމެނޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ގދ. ތިނަދޫ، ރަންފަރު، ޒަބީހު މުހައްމަދު، 41، ފުލުހުން ވަނީ ހައްޔަރުކޮށް، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.