Advertisement

ގޭންގު ކުށްތަކާ ގުޅޭ އަށް މައްސަލައެއްގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: ގޭންގު ކުށްތަކާ ގުޅޭ އަށް މައްސަލައެއްގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވުން -- ފޮޓޯ: އަދަދު ފައިލް


ގޭންގު ކުށްތަކާ ގުޅޭ އަށް މައްސަލައެއްގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ގޭންގު ކުށްތަކާ ގުޅޭ އަށް މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޭންގު ކްރައިމް އެންފޯސްމަންޓްއިން ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ އަށް މަހު ގޭންގު ކުށްތަކާ ގުޅޭ 22 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވަން ތަފާތު މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އެގޮތުން އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ވަނީ ގާއިމްކޮށްފައި ކަމަށެވެ.

އެ އޮނިގަނޑުގެ ދަށުން ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ވިންގުގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތްކޮށް، މާލެ އާއި ހުޅުމާލޭގެ އާންމު ހާލަތު ސީދާ އެ ސެންޓަރުން މޮނިޓާކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތްކޮށް ނިންމަން ޖެހޭ ނިންމުންތައް ވަގުތުން ނިންމާނެ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

މި އަހަރު ގޭންގު ކުށްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް:

  • ހުއްޓުވާ ސުވާލު ކުރެވުނު އަދަދު - 12،253 މީހުން
  • 18 އަހަރު ފުރިފައިވާ މީހުންގެ އަދަދު - 2،583 މީހުން
  • ކުޑަ ކުދިން ހުއްޓުވާ ސުވާލު ކުރެވުނު އަދަދު - 2،014 މީހުން
  • 18 އަހަރުން ދަށުގެ ކުދިންގެ އަދަދު - 331 މީހުން
  • ޗެކް ކުރެވުނު އުޅަނދުގެ އަދަދު - 173 އުޅަނދު
  • ސަރަހައްދުތައް ޗެކް ކުރެވުނު އަދަދު - 87،775 ސަރަހައްދު
  • ގޮނޑި އަދި މޭޒު ނެގުނު ސަރަހައްދު - ދެ ސަރަހައްދު
  • ފޮހެލެވުނު ގްރެފިޓީގެ އަދަދު - 37 ސަރަހައްދު

މި އަހަރު ގޭންގު ކުށްތަކުގައި ހައްޔަރު ކުރެވުނު މީހުން:

  • ޖުމްލަ ހައްޔަރު ކުރެވުނު މީހުންގެ އަދަދު - 67 މީހުން
  • ޕޮލިސް ހައްޔަރުގައި ތިބި މީހުންގެ އަދަދު - 22 މީހުން
  • ރިމާންޑް ޖަލަށް ބަދަލު ކުރެވުނު އަދަދު - 15 މީހުން
  • ބަންދުން ދޫ ކުރެވުނު މީހުންގެ އަދަދު - 30 މީހުން

މި ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރައި، އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވުމަކީ އުންމީދު ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނާ ޝުޖާއު ވިދާޅުވީ އަތޮޅު ތެރޭގައި ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މޮޑެލްއަށް ގެންދަނީ އަމަލުކުރަމުން ކަމަށާއި ރައްޔިތުންނާއި ކައުންސިލްތަކުގެ ފަރާތުން ރަނގަޅު ފީޑްބެކް ވެސް ދަނީ ލިބެމުން ކަމަށެވެ.