Advertisement

ހުލާސާކޮށް އިއްޔެ: މަސްވެރިން ރަތަށް

about 4 hours 0

ފިޝަރީޒް މިނިސްޓްރީގެ ޓީމު އިއްޔެ ދެއްވަދޫން ބޭރުކުރަނީ


ހުލާސާކޮށް އިއްޔެ: މަސްވެރިން ރަތަށް

about 4 hours 0

މަސް ގަންނަ އަގު ދަށްކުރުމަށް ފަހު ވެސް، ވައުދުވި ގޮތަށް ފައިސާ ނުލިބޭތީ މަސްވެރިން ރަތަށް އަރަން ފަށައިފި އެވެ.

ނިމިގެން މިދިޔަ ހަފުތާ ބަންދާ ދިމާކޮށް ފިޝަރީޒު މިނިސްޓްރީގެ ޓީމެއް ގއ. އަތޮޅަށް ދިޔައީ މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށެވެ. ނަމަވެސް، މަސްވެރިން ބޭނި މަސްކޮޅަށް ފައިސާ ނުލިބޭތީ އެކަމުގެ ރުޅީގައި އެ ޓީމު ރަށްރަށުން ބޭރުކުރި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އިސްކޮށް ހުންނެވި އެ ޓީމު، ގއ. ދާންދޫ، އަދި އެ އަތޮޅު ދެއްވަދޫން ބޭރުކުރި އެވެ. ރ. އަތޮޅު ދުވާފަރުގައި ވެސް އިއްޔެ މަސްވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ސަރުކާރާ ދެކޮޅު ޝުއޫރުތައް ލިޔެ ބެނާތައް ދަމައިފަ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނީ ކިރުވި މަހަށް ފައިސާ ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ 48 ގަޑިއިރުތެރެގައި ފައިސާ ދޭނެ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު