Advertisement

މީހުން އެދޭތީ ކަމަށް ބުނެ, ޕީއެންސީގެ އެތެރޭގެ އިންތިހާބު ނޮވެމްބަރަށް ލަސްކޮށްފި

ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި އެޕާޓީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


މީހުން އެދޭތީ ކަމަށް ބުނެ, ޕީއެންސީގެ އެތެރޭގެ އިންތިހާބު ނޮވެމްބަރަށް ލަސްކޮށްފި

ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮންނަ ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ މަހު 19 ގައި ބާއްވަން އިއުލާނުކުރި އެތެރޭގެ އިންތިހާބު ނޮވެމްބަރު 09، އަށް ފަސްކޮށްފި އެވެ.

ޕީއެންސީން ރޭ ކުރި އިއުލާނެއްގައި ބުނީ އެތެރޭގެ އިންތިހާބު ފަސްކުރީ އެ އިންތިހާބުގައި މަގާމުތަކަށް ވާދަކުރަން ޝައުގުވެރިވާ މެންބަރުން އެދެމުން ގެންދާތީ ކަމަށެވެ. އެހެންވެ އިންތިހާބު ފަސްކޮށް، އިންތިހާބުގައި ވާދަކުރަން އެދި ހުށަހެޅުުމުގެ މުއްދަތު ވެސް އޮކްޓޯބަރު 24، އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރަން ބޮޑު ހަރަކާތެއް ކުރިއަށް ދަނިކޮށް އިންތިހާބު ލަސްކުރި އިރު އޮކްޓޯބަރު 24، ހަވީރު 6:00 އަށް ހަމައަށް އެޕާޓީގެ އޮފީހަށް މެންބަޝިޕް ފޯމު ހުށަހަޅާ ހުރިހާ އެންމެނަށް އެ އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް ވެސް އެޕާޓީގެ އިއުލާނުގައި ބުންޏެވެ.

ޕީއެެންސީން މިފަހަރު ބާއްވާ އެތެރޭގެ އިންތިހާބުގައި ހޮވާނީ ދާއިރާ ރައީސުންނާއި ދާއިރާ ނައިބުރައީސުން، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސް، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް، ސްޓިއަރިން ކޮމިޓީގެ މެންބަރުން އަދި އެ ކޮމިޓީގެ އިންތިހާބީ މަގާމުތަކެވެ.