Advertisement

ހުލާސާކޮށް އިއްޔެ: މުޒާހަރާ ކޮށްފާނެތީވެ ފިޝަރީޒްގެ ވަފުދު ދެއްވަދޫ އަށް ނޭރި!

28 ސެޕްޓެންބަރު 2024 - 06:05 0

ފިޝަރީޒް މިނިސްޓަރީގެ ވަފުދު ދެއްވަދޫއަށް ދާންވާއިރު، އެ ރަށު މަސްވެރިން ދަމާފައި ހުރި ބެނާއެއް: ދާންދޫ މަސްވެރިން ވެސް ވަނީ މުޒާހަރާކޮށް އެ ރަށަށް ދިޔަ މިނިސްޓްރީގެ ވަފުދު ރަށުން ބާލުވާފައި -- ފޮޓޯ: ދެއްވަދޫ މަސްވެރިން


ހުލާސާކޮށް އިއްޔެ: މުޒާހަރާ ކޮށްފާނެތީވެ ފިޝަރީޒްގެ ވަފުދު ދެއްވަދޫ އަށް ނޭރި!

28 ސެޕްޓެންބަރު 2024 - 06:05 0

ގއ. ދެއްވަދޫ މަސްވެރިންނާއި އޮޑިވެރިން މުޒާހަރާއަށް ތައްޔާރުވެ ތިބުމުން އެ ރަށަށް ދާން އިއްޔެ އޮތް ދަތުރު ފިޝަރީޒް މިނިސްޓްރީން ކެންސަލްކުރި އެވެ.

ދެއްވަދޫގެ އޮޑިވެރިއެއް ކަމަށްވާ، އަބްދުﷲ ނާފިޒު "އަދަދު" އަށް ބުނީ ފިޝަރީޒްގެ ވަފުދު އެރަށަށް ދާން މިއަދު އޮތީ މެންދުރުފަހު 3:00 ގައި ކަމަށެވެ. ނަމަވެސް ދެއްވަދޫއަށް ދާން އޮތް ދަތުރު ކެންސަލް ކުރިކަން ކައުންސިލުން މިހާރު އަންގާފައިވާ ކަމަށް ނާފިޒު ބުންޏެވެ.

"އަޅުގަނޑަށް ގުޅީ ހެނދުނު 9:00 ޖެހިއިރު، ފިޝަރީޒް މިނިސްޓަރީގެ ނައިބެއް، ގުޅާފައި ބުނީ އަޅުގަނޑުމެން ތިރަށަށް އަންނާށޭ މި އުޅެނީ، ކިހިނެއްހޭ ތިރަށުގެ ހާލަތު، އަޅުގަނޑު ބުނިން މުޒާހަރާ އެބައޮތޭ މި ރަށުގައި، ތިކޮޅުން އައިސްފިއްޔާ މުޒާހަރާ ކުރާނެޔޭ،" ނާފިޒް ބުންޏެވެ.

މުޒާހަރާއަށް ތައްޔާރުވެފައި އޮތް ކަމަށް ބުނުމުން، އެކަން ހުއްޓުވިދާނެތޯ އެ ގުޅުއްވި ބޭފުޅަކު ތަކުރާރުކޮށް އެއްސެވި ކަމަށް ނާފިޒު ބުންޏެވެ. އަދި އެކަން ކުރާނީ ކިހިނަކުންތޯ އެހުމުން، ނާފިޒުގެ ދޯނިން މަހަށް ދާ މީހުން ގާތު އެކަނި ނަމަވެސް މުޒާހަރާ ނުކުރަން ބުނަން އެ ބޭފުޅަކު އެދިވަޑައިގެންނެވި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނުބުނެވޭނެޔޭ ހުއްޓާލާކަށް، މިހާރު ވެސް އަޅުގަނޑުމެންނަކަށް ލާރިއެއް ނުލިބޭ، މަހަށް ދާން ތެޔޮކޮޅެއް ނުލިބޭ، އެއޮއް ކޫއްޑޫއިން މިހާރު ވެސް ދެނީ 800 ލީޓަރު ތެލޭ ދޯންޏަކަށް ދުވާލަކު، ތިނަދޫ ކައިރީގައި އެ އޮންނަ ބޯޓަކުން ނުދެޔޭ ތެލެއް، ބުނީމާ ބުނީ އާނ، ތިކަން އެނގެޔޯ އެކަމަކު އޮޑިވެރިންނާ ވާހަކަދެއްކޭނީ ތި ރަށަށް ގޮސްފައޭ،" ނާފިޒު ބުންޏެވެ.

މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށް ފިޝަރީޒް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ވަފުދަކުން މިހާރު ދަނީ ދެކުނުގެ ބައެއް ރަށްރަށަށް ދަތުރެއް ކުރަމުންނެވެ. އެ ދަތުރުގެ ތެރެއިން އިއްޔެ އެ ވަފުދު ދިޔައީ ގއ. ދާންދޫ އަށެވެ.

މުހިއްމު ބައެއް ހަބަރު