Advertisement

ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި

27 ސެޕްޓެންބަރު 2024 - 19:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ތިން މީހުން: މި މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކުރީ އެކި ދުވަސް މަތިން -- ފޮޓޯ: އިމިގްރޭޝަން


ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި

27 ސެޕްޓެންބަރު 2024 - 19:20 0

ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ތިން މީހަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ އެމީހުން އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ފިރިހެނުންނެވެ. އެއީ ކޮން ގައުމެއްގެ ބައެއްކަން އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެ ތިން މީހުންގެ ފޮޓޯ، ލޯ ނުފެންނަ ގޮތަށް އިމިގިރޭޝަނުން ވަނީ އާންމު ކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ މީހެކެވެ.

އެ ތިން މީހުން އިިގުރޭޝަނުން އަތުލައިގެންފައި ވަނީ ތިން ދުވަސް މަތިންނެވެ. 25 އަހަރުގެ މީހާ އައީ ޖުލައި 31، ގަ އެވެ. އަދި 23 އަހަރުގެ މީހާ އަތުލަައިގަތީ އޯގަސްޓު 16، ގަ އެވެ. ދެން ހުއްޓުވި 21 އަހަރުގެ މީހާ އަތުލައިގަތީ އޯގަސްޓު 18، ގަ އެވެ.