Advertisement

ކެމިކަލްތައް ގެންގުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ޑިފެންސުން އިންސްޕެކްޓުކުރަނީ

26 ސެޕްޓެންބަރު 2024 - 18:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކެމިކަލް ގުދަނެއްގައި ރޯވުން: ކެމިކަލްތައް ގެންގުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ޑިފެންސުން އިންސްޕެކްޓު ކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


ކެމިކަލްތައް ގެންގުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ޑިފެންސުން އިންސްޕެކްޓުކުރަނީ

26 ސެޕްޓެންބަރު 2024 - 18:59 0

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން، އަންނަ އޮކްޓޯބަރު 01، އިން ފެށިގެން އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ޑިފެންސް މިނިސްޓްރީން ނިން،މައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރަން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުލކުރޭތޯ ބަލައި މީހުން ހޭލުންތެރި ކުރަން، ހާއްސަ އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މަސައްކަތް ކުރިއަށް ގެންދާނީ ޒޯންތަކަށް ބަހާލައިގެން ކަމަށެވެ.

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، ވުޒާރާއަށް ފެނިއްޖެ ހިނދެއްގައ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރެއް ކަމަށް ޑިފެންސުން ބުންޏެވެ.

"ދިވެހިރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ މި ވުޒާރާއިން ރެގިއުލޭޓްކުރާ ކަމެއް،" ޑިފެންސުން ބުންޏެވެ.

އެފަދަ ކެމިކަލްތަކަށް ހުއްދަ ދެވިފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ނަމަވެސް، އެ ތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފުވާ ކަމަށް ޝަކުވާ ލިބެމުންދާކަމަށް ވެސް ބުންޏެވެ. ޝަކުވާ ލިބޭކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ އެކަމަކީ ގަވާއިދާ އެއްގޮތަށް ނުކުރާ ކަމެއް ނަމަ އިއާދަ ނުކުރެވޭ ގެއްލުމެއް ރައްޔިތުންނަށް ލިބިދާނެ ކަމަށެވެ.

އޭގެއިތުރުން ޑިފެންސުން ބުނީ ގާނޫނުތަކުން ރެގިއުލޭޓް ކުރުމަށް އެ ވުޒާރާއަށް މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.