Advertisement

ޔާމީން ރަޝީދުގެ މަރު: ޕީޖީން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދިފާއުން ރައްދު ދީފި

25 ސެޕްޓެންބަރު 2024 - 19:27 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ބްލޮގަރު ޔާމިން ރަޝީދު


ޔާމީން ރަޝީދުގެ މަރު: ޕީޖީން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދިފާއުން ރައްދު ދީފި

25 ސެޕްޓެންބަރު 2024 - 19:27 0

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ކުށް ސާބިތު ނުވި އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހައި ކޯޓުގައި ދައުލަތުން ހުށައަޅައި އެ ނުކުތާތަކަށް ދިފާއުން ރައްދު ދީފި އެވެ.

ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ އިސްމާއީލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް އެކަންޏެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރީ އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ އެވެ. ހައިޝަމާއި ޒިހާންގެ ހުކުމް އިސްތިއުނާފު ކުރީ އެ ފަރާތުންނެވެ.

ހައި ކޯޓުގައި މިއަދު ޝަރީއަތް ފެށީ ދެ އިސްތިއުނާފުގެ ބައި ވެސް އެއް ޝަރީއަތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.

މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފުގެ ނުކުތާގައި ދައުލަތުން ފާހަގަކުރީ ހުލާސާ ބަޔާނުގައި އަދަބު ކަނޑައަޅަން ނުވަތަ ކުށް ސާބިތުކުރުމަށް ބަހެއް ހިމަނާފައި ނުވާ ކަމަށާއި، އެގޮތަށް އެކަންވުމުގެ ސަބަބުން ފަނޑިޔާރުން އެ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ. ކުށް ކުރަން އުޅުން ނުވަތަ ސާބިތު ކުރުމުގައި ހުރަހެއް އޮތް ކަމުގައި ނުދެކޭ ކަމަށާއި ހެކި ލިބިފައިވާ ނަމަ ސާބިތު ކުރެވޭނެ ކަމަށް ޕީޖީން ކޯޓުގައި ބުންޏެވެ.

މި ނުކުތާތަކުގެ ރައްދުގައި ދިފްރާން އާއި ރަޝީދުގެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރީ އިސްތިއުނާފު ރައްދުވާ ފަރާތާއި ސުވާލުކޮށް ޖަވާބު ދިނުމުގެ ފުރުސަތު ދޭން ޖެހޭތޯ ނުވަތަ ނޫންތޯ ފަނޑިޔާރުންނަށް ނުނިންމޭނެ ކަމަށާއި އެ ކަމަށް ފަނޑިޔާރުން ކައިރިން އެދެން ޖެހޭނެ ކަމަށެވެ. އޭގެއިތުރުން ފަނޑިޔާރުން ބަލާނީ ވެސް ދައުވާ ކޮށްފައިވާ ކުށަށް ކަމަށް ވެސް ހަމްޒާ ފާހަގަކުރި އެވެ.

ޔާމީން ރަޝީދު މަރައިލައިފާ ވަނީ އޭޕްރީލް 23، 2017 ގަ އެވެ. މި މައްސަލައިގައި 2 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު ބާކީ ތިބި 4 މީހުންގެ އިސްތިއުނާފީ އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަފީއު އެވެ.