Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ އާއި ސްޓެލްކޯ އިން މޮޅަކުން ފަށައިފި

25 ސެޕްޓެންބަރު 2024 - 12:49 0

އެސްޓީއޯގެ ކެޕްޓަން ހުޒޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.----- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ އާއި ސްޓެލްކޯ އިން މޮޅަކުން ފަށައިފި

25 ސެޕްޓެންބަރު 2024 - 12:49 0

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން، ސްޓެލްކޯ ކްލަބުން 2-0 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދިއިރު، އެސްޓިއޯ ރެކްރިއޭޝަން ކްލަބުން 4-2 އިން ޕްރިޒަން ކްލަބް އަތުން މޮޅުވެއްޖެ އެވެ.

ސްޓެލްކޯ ހިމެނޭ ގްރޫޕް ޑީގެ އަނެއް މެޗުގައި ދިރާގުން ވަނީ 2-1 އިން ކްލަބް އިމިގްރޭޝަން ބަަލިކޮށްފަ އެވެ. އަދި ގްރޫޕް ސީގެ އަނެއް މެޗުން، ޕޮލިސް ކްލަބުން ވަނީ ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސެކް) އަތުން 2-1 އިން ކުރިހޯދައިފަ އެވެ.

އެސްޓީއޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އިސްމާއިލް އީސާ (މެސީ)ގެ އިތުރުން ޝާން އަހުމަދު ދެ ގޯލެވެ. ޕްރިޒަންގެ ދެ ލަނޑު ވެސް ޖެހީ، އާދަމް މަންސޫރު އެވެ. ޕޮލިހުން އޭވިއޭޝަން ސެކިއުރީޓީ ކޮޅަށް ގޯލުތައް ޖެހީ، މުހައްމަދު ނާޒިމް ދެ ލަނޑެވެ. އޭވިއޭޝަން ސެކިއުރިޓީގެ ލަނޑު ޖެހީ، އިބްރާހިމް ޒިޔާން އެވެ.

ސްޓެލްކޯގެ އަހުއްކޮ އާއި ޖުމްބެ ލަނޑު ޖެހުމަަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ރޭގެ މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖެހީ، އަބްދުﷲ ޝަޔާމް، އަބްދުﷲ ޒިޔާން އަދި އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

ދިރާގުން އިމިގްރޭޝަން ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، އަހުމަދު އައިހަމް (ފަތޯ) ދެ ގޯލެވެ. އިމިގްރޭޝަނުން ލީޑުނެގި މި މެޗުގައި އެ ޓީމުގެ ލަނޑު ޖެހީ، ޝައިފާން އަހުމަދު މަނިކް (ސައިއްޓޭ) އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ވެސް ދެ ގްރޫޕެއްގެ ހަތަރު މެޗު އޮންނާނެ އެވެ.