Advertisement

ޗެލްސީ އާއި ސިޓީ ލީގު ކަޕްގެ ގަދަ 16 އަށް

25 ސެޕްޓެންބަރު 2024 - 06:37 0


ޗެލްސީ އާއި ސިޓީ ލީގު ކަޕްގެ ގަދަ 16 އަށް

25 ސެޕްޓެންބަރު 2024 - 06:37 0

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ އާއި ޗެލްސީ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ.

ޗެލްސިން ވަނީ އަމިއްލަ ދަނޑުގައި އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ބަރޯ އޭއެފްސީ އަތުން 5-0 އިން މޮޅުވެފަ އެވެ. ދެ ވަަނަ ޑިވިޝަނުގެ ވަޓްފޯޑް އަތުން މެންޗެސްޓާ ސިޓީ މޮޅުވީ 2-1 އިންނެވެ.

ބަރޯ ކޮޅަށް ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލުތަކަށް ބަލާއިރު، ބަރޯގެ ކީޕަރު ޕޯލް ފާމަން އަތުން ބައިކޮޅަށް ވަން ގޯލަކީ، ޗެލްސީގެ ޖޮއާއޯ ފެލިކްސް ޖެހި ހިލޭ ޖެހުމެއް ދަނޑީގައި ޖެހިފައި ކީޕަރު، ފާމަން ގައިގައި ޖެހިފައި ވަން ގޯލެކެވެ.

ޗެލްސީގެ އަނެއް ލަނޑަކީ، ޕެޑްރޯ ނެޓޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ، މިހައިލޯ މުޑްރިކް ދިން ބޯޅައަކުން ނެޓޯ ޖެހި ގޯލެކެވެ. މިއީ ވުލްވްސް ދޫކޮށް، ޗެލްސީ އަށް ބަދަލުވި، ނެޓޯ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މިދިޔަ އަހަރުތަކުގައި ލީގު ކަޕްގެ އެންމެ ކާމިޔާބު ޓީމު ސިޓީން ރޭ ބަދަލުތަކާ އެކު ކުޅުނު ނަަމަވެސް ރަނގަޅު ކުޅުމެއް ދެއްކި، ފަސް ވަނަ މިނިޓްގައި ޖެރެމީ ޑޮކޯގެ ގޯލުން ލީޑުނެގި، ސިޓީން ލީޑުފުޅާކުރީ މަތެއުސް ނޫނޭޒް ޖެހި ގޯލުންނެވެ.

މެޗު ނިމެން ކުޑަ ވަގުުތުކޮޅަކަށް ވެފައިވަނިކޮށް، ވަޓްފޯޑްގެ ލަނޑު ޖެހީ، ޓޮމް އިންސް އެވެ.

ލީގު ކަޕްގައި ރޭ ވައިކޮމްބް ވެންޑާސް އަތުން 2-1 އިން އެސްޓަން ވިލާ މޮޅުވިއިރު، ލެސްޓާ ސިޓީން ވަނީ ޕެނަލްޓީ ޖަހައިގެން 3-0 އިން ވޯލްސޯލް ބަލިކޮށްފަ އެވެ.