Advertisement

ހުޅުމާލޭ ރައުންޑްއަބައުޓްތަކަށް މޮނިއުމެންޓު ޑިޒައިންކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

24 ސެޕްޓެންބަރު 2024 - 19:32 0

ހުޅުމާލޭގައި މިހާރު ހުރި ރައުންޑްއަބައުޓް


ހުޅުމާލޭ ރައުންޑްއަބައުޓްތަކަށް މޮނިއުމެންޓު ޑިޒައިންކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

24 ސެޕްޓެންބަރު 2024 - 19:32 0

ހުޅުމާލޭގައި ހަދާ ރައުންޑްއަބައުޓްސްތަކަށް މޮނިއުމެންޓް ޑިޒައިންކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ މިހާރު ހުރި ރައުންޑްއަބައުޓްތަކުގެ އިތުރުން ޖުމުލަ 11 ރައުންޑްއަބައުޓެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ހުރިހާ ތަނެއްގައި ވެސް މޮނިއުމެންޓު ބަހައްޓަން ނިންމާފައިވާ ކަމަށާއި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުރިހާ ރައުންޑްއަބައުޓަކަށް ވެސް މޮނިއުމެންޓު ޑިޒައިން ކުރަންޖެހޭނެ ކަމަށެވެ.

ރައުންޑްއަބައުޓްތައް ހަދަން ނިންމާފައިވާ ސަރަހައްދުތައް


މޮނިއުމެންޓުތައް ޑިޒައިން ކުރަންޖެހޭނީ އެޗްޑީސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ. އެކަކަށް ނުވަތަ ގިނަވެގެން ފަސް މީހުންގެ ޓީމުތަކަށް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، އެވެ.

އެޗްޑީސީން ބުނީ މޮނިއުމެންޓު ޑިޒައިން ކުރުމުގެ ތީމަކީ "ދިވެހީންގެ ރާއްޖެ" ކަމަށެވެ. މޮނިއުމެންޓުތަކުން ގައުމިއްޔަތު، ސަގާފަތް، އާދަކާދަ އަދި ހެރިޓޭޖް ރަމްޒުކޮށްދޭންޖެހޭނެ ކަމަށެވެ. އަދި މޮނިއުމެންޓުން މަގުތަކުގެ ރައްކާތެރިކަމަށް ބާރު ލިބޭ މިންވަރު ވެސް ބަލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އޭގެ އިތުރުން، މަގުމަތީގެ ސަލާމަތަށް ހުރަސްއެޅޭ އެއްޗަކަށް މޮނިއުމެންޓުވެގެން ނުވާނެ އެވެ. މޮނިއުމަންޓު ހުންނަން ޖެހޭނީ ހުރިހާ ދިމާލަކުން ވެސް ފެންނަ ގޮތަށެވެ. އެއީ ގިނަ ދުވަހަށް ދެމިގެންދާ، މެއިންޓެއިން ކުރަން ފަސޭހަ ބިނާތަކަކަށް ވާންޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި ޖަނަވާރު ނުވަތަ އިންސާނުން ރަމްޒުކޮށްދޭ ގޮތަށް މޮނިއުމެންޓުތައް ހުރެގެން ނުވާނެ އެވެ.