Advertisement

ހުއްދަ ނަގައިގެން ހިދުމަތް ދިނުމަށް ފަޒީސް ހިޖާމާ ތެރަޕީ ހިންގާ ފަޒީލާއަށް ފުލުހުން ނަސޭހަތްތެރިވެއްޖެ

24 ސެޕްޓެންބަރު 2024 - 13:25 2

މޫސާ ނާޝިއު

މޫސާ ނާޝިއު

ފަޒީޒް ހިޖާމާ ސާވިސަސް ހިންގާ ފަޒީ އެ ސެންޓަރުގައި: ފުލުހުން ބުނީ ހުއްދަ ލިބެންދެން ހިދުމަތް ހުއްޓާލުމަށް ނަސޭހަތްތެރިވެފަ --- ފޮޓޯ: އިންޓަނެޓް


ހުއްދަ ނަގައިގެން ހިދުމަތް ދިނުމަށް ފަޒީސް ހިޖާމާ ތެރަޕީ ހިންގާ ފަޒީލާއަށް ފުލުހުން ނަސޭހަތްތެރިވެއްޖެ

24 ސެޕްޓެންބަރު 2024 - 13:25 2

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ހުއްދަ ނުނަގައި ހުޅުމާލޭގައި ހިޖާމާ ޖަހައިދިނުމުގެ މަސައްކަތް ކުރަމުން އަންނާތީ އެތަނުގެ ވެރި ފަރާތް ފަޒީލާ އުސްމާނަށް ފުލުހުން ނަސޭހަތްތެރިވެއްޖެ އެވެ.

ފުލުހުން ބުނީ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ނަގަންޖެހޭ ހުއްދަތައް ނެގުމަށް ވެސް ކްލިނިކް ހިންގާ ފަޒީލާއަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

"ކްލިނިކުގެ ވެރިފަރާތުން ގާނޫނުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށާއި މިހާރު ދެމުން ގެންދާ ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްދަ ލިބެންދެން ހުއްޓައިލުމަށް ލިޔުމުން އަނގައި ވާނީ ނަސޭހަތްތެރިވެފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

އޭގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް ލިބެންޖެހޭ އެއްބާރުލުން ވެރިފަރާތުން ދެމުންގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުއްދަ ނުހޯދައި ހިޖާމާ ޖަހާދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައްސަލައެއް ހެލްތް މިނިސްޓްރީން ފުލުހުންނަށް ހުށައެޅީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ދުވަހު ފުލުހުންނާ ސުވާލުކުރުމުން ބުނީ އެ މަައްސަލަ ތަހުގީގު ކުރާ ކަމަށެވެ.

މީގެ ކުރިން އެ ކްލިނިކުގެ މައްސަލައެއް ބަލާފައިވެ އެވެ. އެ ފަހަރު މައްސަލަ ހުށަހެޅީ ވެސް ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުންނެވެ. އެފަހަރު ފަޒީސް ހިޖާމާ ތެރަޕީ ސެންޓަރުން ވަނީ ހިޖާމާއިން ހަކުރު ބައްޔަށް ފަރުވާ ލިބޭނެ ކަމަށް ބުނެ އާންމުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރައިފަ އެވެ.

ހުއްދަ ނުނަގާ ސިއްހީ ފަރުވާތައް ދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސެޕްޓެމްބަރު 11، ގައި ހެލްތު މިނިސްޓްރީން ވެސް ވަނީ ދީފަ އެވެ.