Advertisement

ބޮކްސާ ތެރޭ ފޮރުވައިގެން ބައި ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މީހަކު އަތުލައިގަނެފި

23 ސެޕްޓެންބަރު 2024 - 13:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބޮކްސާ ތެރޭ ފޮރުވައިގެން ބައި ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މީހަކު އަތުލައިގަނެފި

23 ސެޕްޓެންބަރު 2024 - 13:33 0

ބޮކްސާ ތެރެއަށް މަސްތުވާތަކެތި ލައިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ ސ. ހިތަދޫ، ސަމަންދަރު، އަހުމަދު އަހުސަން، 35، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ބޮކްސާ ތެރެއަށް 500 ގްރާމަށްވުރެ ގިނަ، އެކި ބާވަތުގެ މަސްތުވާތަކެތި ލައިގެން އެތެރެ ކުރަން އުޅެނިކޮށެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް މުއްދަތު މަޖިލީހުގައި އަހުމަދު އަހުސަންގެ ބަންދު މުއްދަތު އިތުރު 30 ދުވަހަށް ވަނީ އިތުރު ކޮށްފަ އެވެ. އޭނާ ސެޕްޓެމްބަރު 16, ގައި ހައްޔަރު ކޮށްގެން އެންމެ ފުރަތަމަ ބަންދުގެ މުއްދަތަކަށް ޖެހީ ފަސް ދުވަހެވެ.

ކޯޓުން އޭނާގެ ބަންދު ޖެހީ ހައްޔަރާއި ބަންދު ލޮގުގައި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ބަންދުކޮށްފައިވާތީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ބައިވެރިވާ ފަރާތްތަކެއް ކަމަށް ބެލެވޭތީ އެވެ.

ކޯޓުން އަހުމަދު އަހުސަންއަށް ފަސް ދުވަސް ޖެހީ އޭނާ ވަކީލަކާ މަޝްވަރާ ކުރުމަށް އެދިފައިވާތީ އެވެ.

ނަމަވެސް އަހުމަދު އަހުސަންއަށް 30 ދުވަސް ޖެހި މުއްދަތު މަޖިލީހުގައި އޭނާގެ ވަކީލު ބައިވެރިވެފައެއް ނުވާއިރު ކޯޓުން ބުނީ ވަކީލު ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.