Advertisement

ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

about 9 hours 1

އެމެރިކާގެ ނިއުޔޯކް އަދި ކައިރި ސަރަހައްދުގައި ދިރިއުޅޭ ބައެއް ދިވެހިންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް


ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

about 9 hours 1

އެމެރިކާގެ ނިއުޔޯކް އަދި އެ ސިޓީއާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުގައި ސެޕްޓެމްބަރު 22، ދިވެހިންނާ ބައްދަލު ކުރެއްވީ "އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން" ގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި އެމެރިކާގައި ދިވެހިންނަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް ރައީސް މުއިއްޒު އޮޅުން ފިލުއްވި އެވެ.

ދިވެހިން ފާހަގަކުރި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ނަމަވެސް އެ ކަންކަމުގެ ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އދ. އާންމު މަޖިލީހުގައި ރައީސް މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވައިފަ އެވެ. އެ ތަގުރީރުގައި ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އަދި ގައްޒާގައި ދިރިއުޅޭ މުސްލިމުންގެ ނަސްލު ނައްތާލަން އިޒްރޭލުން ކުރާ ހަނގުރާމަ ހުއްޓައިލުމަށް ރައީސް ގޮވައިލެއްވި އެވެ.