Advertisement

ގަވާއިދާ ހިލާފަށް އުޅުނު 4054 ބިދޭސީން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ޑީޕޯޓު ކޮށްލައިފި

22 ސެޕްޓެންބަރު 2024 - 20:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް -- ފޮޓޯ: އަދަދު


ގަވާއިދާ ހިލާފަށް އުޅުނު 4054 ބިދޭސީން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ޑީޕޯޓު ކޮށްލައިފި

22 ސެޕްޓެންބަރު 2024 - 20:01 0

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 4054 ބިދޭސީން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ޑީޕޯޓު ކޮށްލާފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފި އެވެ.

އެ އިދާރާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ އަދަދަކީ މިދިޔަ ނޮވެމްބަރު 17 އިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޑީޕޯޓު ކުރި މީހުންގެ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ގައުމުތަކެއް ބައެއްކަމެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

އިމިގުރޭޝަނުން ޑީޕޯޓު ކުރި މީހުންގެ އަދަދުތައް:

  • ނޮވެމްބަރު 2023 (އެމަހުގެ 17 އިން ފެށިގެން މަހުގެ ނިޔަލަށް) - 90 ބިދޭސީން
    • ޑިސެމްބަރު 2023 - 202 ބިދޭސީން
    • ޖެނުއަރީ 2024 - 237 ބިދޭސީން
    • ފެބްރުއަރީ 2024 - 309 ބިދޭސީން
    • މާޗު 2024 - 332 ބިދޭސީން
    • އޭޕްރިލް 2024 - 240 ބިދޭސީން
    • މެއި 2024 - 377 ބިދޭސީން
    • ޖޫން 2024 - 690 ބިދޭސީން
    • ޖުލައި 2024 - 461 ބިދޭސީން
    • އޯގަސްޓު 2024 - 453 ބިދޭސީން
    • ސެޕްޓެމްބަރު 2024 (17 ގެ ނިޔަލަށް) - 663 ބިދޭސީން

    ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް ފުލުހުންނާއި އިމިގުރޭޝަންގެ އިތުރުން އިކޮނޮމިކް މިނިސްޓަރީ އަދި ހެލްތު މިނިސްޓަރީ ގުޅިގެން ދަނީ ޓާސްކުފޯސްއެއް އުފައްދައި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

    އެ އޮޕަރޭޝަނަށް އާންމުންގެ ތަރުހީބު ލިބެމުންދާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ވެސް ޓާސްކްފޯސްއިން އަންނަނީ ހުއްޓުވައި، އެތަންތަން ބަންދުކުރަމުންނެވެ. އަދި ބިދޭސީން ނުތާހިރުކޮށް ހިންގާ ތަންތަން ވެސް ޓާސްކްފޯސްއިން އަންނަނީ ހުއްޓުވަމުންނެވެ.