Advertisement

ސިޓީ ކައުންސިލުގެ ވަގުތީ އޮފީސް އިމާރާތުން މަހަކު ތިން ލައްކަ ރުފިޔާ ސަލާމަތްކުރެވޭނެ: މޭޔަރު އާޒިމް

23 ސެޕްޓެންބަރު 2024 - 18:03 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މާލެސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް. އާޒިމް ވިދާޅުވީ ގިނަ މައްސަލަތަކެއް ވެސް ހައްލުވެގެންދާނެ ކަމަށް----ފޮޓޯ: ރައީސް އޮފީސް


ސިޓީ ކައުންސިލުގެ ވަގުތީ އޮފީސް އިމާރާތުން މަހަކު ތިން ލައްކަ ރުފިޔާ ސަލާމަތްކުރެވޭނެ: މޭޔަރު އާޒިމް

23 ސެޕްޓެންބަރު 2024 - 18:03 0

މާލެ ސިޓީ ކައުންސިލުން އަލަށް އެޅުމަށް ނިންމާފައިވާ އޮފީސް އިމާރާތް ނިމުމުން މަހަކު ތިން ލައްކައެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުގެ އާ އިމާރާތާއި ބެހޭގޮތުން "އަދަދު" ނޫހާއި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި އިމާރާތުގެ ސަބަބުން ދިމާވެފައިހުރި ގިނަ ގޮންޖެހުންތަކެއް ހައްލުވެގެންދާނެ ކަމަށެވެ. އަދި ކައުންސިލުގެ މަސައްކަތްތަކަށް ވެސް ހަލުވިކަން މި އިމާރާތް ގެންނާނެކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އެކިއެކި އިމާރާތްތަކުގައި ހިންގަމުން އަންނަ އޮފީސްތައް މި ހެދޭ އިމާރާތަށް ބަދަލުކުރެވުމުން ހުރި ގިނަ ގޮންޖެހުންތަކުން ސަލާމަތްވާނެ. މުވައްޒަފުންނާއެކީ ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވި މަސައްކަތްތަކަށް ވެސް ލިބިގެންދާނެ ކުރިއެރުމަކަށް ވާނެ" މޭޔަރު އާޒިމް ވިދާޅުވި އެވެ.

މޭޔަރު އާޒިމް ވިދާޅުވީ މިހާރު މަހެއްގެ މައްޗަށް ސިޓީ ކައުންސިލުގެ އޮފީސްތައް ހިންގަމުން އަންނަ ތަންތަނަށް ކުލީގެ ގޮތުގައި ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. ނަމަވެސް މި އިމާރާތުގެ ސަބަބުން އެ ހަރަދުތަކުގެ ބޮޑު ބަޔެއް ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ ވަގުތީ އިމާރާތެއް އަޅަން ހުޅުވާލި ބިޑު ސެޕްޓެމްބަރު 17، އަށް ހަމަވެއްޖެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި މަސައްކަތް ބަޔަކާ ހަވާލުކުރާނެ އެވެ.

ވަގުތީ ގޮތުން އަޅާ ސިޓީ ކައުންސިލުގެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ބުރިޔަކަށެވެ. އަދި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން އަށް މަހާއި ދިހަ މަހުގެ މުއްދަތެއްގައި މަސައްކަތް ނިންމާލެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.