Advertisement

މާޒިޔާއަށް ބްރެޒިލް ސްޓައިކަރަކާއި ޕޯޗުގަލްގެ ކީޕަރެއް

22 ސެޕްޓެންބަރު 2024 - 08:22 0

އަތޫފް އާތިފް

އަތޫފް އާތިފް

މާޒިޔާއާ ގުޅުނު ބްރެޒިލް ސްޓައިކަރަކީ ޖޯސް ވިލްސަންއާ އެ ޓީމުގެ ޖާޒީ ހަވާލުކުރަނީ


މާޒިޔާއަށް ބްރެޒިލް ސްޓައިކަރަކާއި ޕޯޗުގަލްގެ ކީޕަރެއް

22 ސެޕްޓެންބަރު 2024 - 08:22 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ބްރެޒިލް ސްޓައިކަރަކާ ޕޯޗުގަލް ކީޕަރެއް ގެނެސްފި އެވެ.

މާޒިޔާއިން ވަނީ މީގެ ކުރިން ބިދޭސީ ތިން ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އެއީ އޮސްޓްރޭލިއާގެ, އާރޯން އީވަންސް، ހަމަ އެ ގައުމުގެ ނިކޮލަސް އޮލްސެން އަދި ކްރޮއޭޝިއާގެ މާރިއޯ ޒެބިޗް އެވެ. މީގެ އިތުރުން އެ ޓީމުގެ ކޯޗަކަށް ސާބިއާ އަށް އުފަން، ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، ޑްރަގަން ޑުކަނޯވިޗް ވަނީ ހަމަޖައްސައިފަ އެވެ.

މާޒިޔާއާ ގުޅުނު ބްރެޒިލް ސްޓައިކަރަކީ ޖޯސް ވިލްސަން އެވެ. އޭނާ ވަނީ މީގެ ކުރިން ބްރެޒިލްގެ ކުލަބްތަކަށާއި, މަލްޓާ އަދި އިންޑޮނޭޝިއާގެ ކުލަބްތަކަށް ކުޅެފަ އެވެ.

މާޒިޔާ އިން ބުނީ ވިލްސަން, 32, އާއެކު މާޒިޔާ އަށް ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މާޒިޔާއާ ގުޅުނު ޕޯޗުގަލް ޕާސްޕޯޓް ހޯލްޑް ކުރާ ގޯލްކީޕަރު ނިމަންޖާ ލެމަޖިޗް ވަނީ މީގެ ކުރިން އަލްމޭރިއާ އަދި މޮންޓެންގޯގެ މަތީ ފަންތީގެ ކުލަބްތަކަށް ކުޅެފަ އެވެ. މާޒިޔާ އިން ބުނީ ލެމަޖިޗްގެ ތަޖުރިބާއާއެކު, މާޒިޔާ އަށް އޭގެން ފައިދާ ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި, މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.