Advertisement

ބޭރުން އައި 65 އަހަރުގެ ދިވެއްސެއްގެ އަތުން މަސްތުވާތަކެތި ހޯދައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ތަކެއް: މިދިޔަ ހަފުތާ ކަސްޓަމްސް އިން ޖުމްލަ 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން --- ފޮޓޯ: އަދަދު


ބޭރުން އައި 65 އަހަރުގެ ދިވެއްސެއްގެ އަތުން މަސްތުވާތަކެތި ހޯދައިފި

ބޭރު ގައުމަކުން ރާއްޖެއަށް އައި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ވަނީ މިދިޔަ ހަފުތާގެ ތެރޭ އެ ހިދުމަތުން އަތުލައިގެން މަސްތުވާތަކެތީގެ ތަފުސީލު ހިއްސާކޮށްފަ އެވެ. އެގޮތުން ވައިގެ މަގުން މި މަހުގެ 16 އަދި 18 ގައި ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ ނުވަ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.

އަތުލައިގެތް މަސްތުވާތަކެތީގެ ތެރެއިން 65 އަހަރުގެ މީހާގެ އަތުން ފެނުނީ 349 ގުރާމުގެ ހެރޮއިން އެވެ. އެ މީހާ ރާއްޖެ ދަތުރުކުރީ ސްރީލަންކަން އެއާލައިންސްގެ ފުލައިޓަކުންނެވެ. އޭނާގެ އަތުން މަސްތުވާތަކެތި ފެނުނީ ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށްވެ އެވެ.

އޭގެ އިތުރުން، ޕޯސްޓު މެދުވެރިކޮށް އަދި އެއާ ކާގޯ މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ބާވަތެއް ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 582 ގުރާމުގެ ސިންތެޓިކް ކެތަނޯން އާއި 5.2 ކިލޯގެ ކެނަބިސް އަދި 2.87 ކިލޯގެ އެކްސްޓަސީ އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް ތަކެތި އަދި 65 އަހަރުގެ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެއް ނުބުނެ އެވެ.