Advertisement

އަލް ނަސްރު އަކީ ރޮނާލްޑޯ ހިންގާ ކްލަބެއް ނޫން

about 6 hours 0


އަލް ނަސްރު އަކީ ރޮނާލްޑޯ ހިންގާ ކްލަބެއް ނޫން

about 6 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 20) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރަށް، މަޝްހޫރު ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ނަމަވެސް އޭނާ އަކީ އެ ޓީމު ހިންގުމުގައި ބަސްބުނާ ފަރާތެއް ނޫން ކަމަށް އެ ކްލަބްގެ ޗީފް، ގީޑޯ ފިއެންގާ ވިދާޅުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވި ފަހުން، އެ ކްލަބްގެ ކޯޗުންނަށް ބަދަލު ގެނައުމުގައި ރޮނާލްޑޯ ގޮތް ނިންމާ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި އެ އަޑުތައް މި ފަހުން ގަދަވީ، އަލް ނަސްރުގެ ކޯޗަކަށް ހުރި، ލުއިސް ކަސްޓްރޯ ވަކިކޮށް، އެ ޓީމުން މިލާނުގެ ކުރީގެ ކޯޗު ސްޓެފާނޯ ޕިއޯލީ ހަމަޖެއްސުމުންނެވެ.

ފިއެންގާ ވިދާޅުވީ، އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އަކީ، ދުނިޔޭގެ އެންމެ ވަރުގަދަ ކުޅުންތެރިޔާ ކަމަށާއި އެއީ އޭނާ ޓެކްނިކަލީ މޮޅުވުމުގެ އިތުރުން އޭނާ ކަންކަމުގައި އަމަލުކުރާ ގޮތަށް ވެސް ބެލުމަށް ފަހު ބުނާ އެއްޗެއް ކަމަށެެެވެ.

"އެކަމަކު، މިއީ ރޮނާލްޑޯ ކޮންޓްރޯލް ކުރާ ނޫނީ ހިންގާ ކްލަބެއް ނޫން. އޭނާގެ ލަފާ ހޯދަނީ ކުޅުމުގެ ކަންކަމުގައި ލަނޑު ޖެހުމާއި ކާމިޔާބު ހޯދަން ކުރަން ޖެހޭ މަަަސައްކަތުގައި. އެއީ، ކެޕްޓަން ކުރަން ޖެހޭ ކަމެއް. އޭނާ އަކީ ކާމިޔާބު ހޯދާފައިވާ ކުޅުންތެރިއެއް. އަހަރެމެން އޭނަ ގާތުގައި ކަންކަން އަހަނީ ކާމިޔާބު ހޯދަން،" ފިއެންގާ ވިދާޅުވި އެވެ.

ރޮނާލްޑޯ އަކީ ޓީމުގެ ބޮޑު ހިއްސާއެއް ކަމަށާއި މި އަހަރު އޭނާއާ އެކު ބޮޑު ކާމިޔާބީ އަކަށް އަލް ނަސްރުން އުންމީދުކުރާ ކަމަށް ފިއެންގާ ވިދާޅުވެފައިވެ އެވެ.

އަލް ނަސްރަށް ބަދަލުވެ، ރޮނާލްޑޯ ވަނީ އެ ޓީމާ އެކު، އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފަ އެވެ. ޕިއޯލީ އަކީ އަލް ނަސްރުގައި ރޮނާލްޑޯ އަށް އިރުޝާދުދޭނެ ހަތަރު ވަނަ ކޯޗެވެ. އެއީ ރުޑީ ގާސިއާ އާއި ޑިންކޯ ޖެލިޗިޗް އަދި ކަސްޓްރޯ އަށް ފަހު ޕިއޯލީ އެވެ.