Advertisement

ދަރަނި ފަސްކޮށްދިނުމުން ފައްޔާޒުގެ ޝުކުރު ރާއްޖެ-އިންޑިއާގެ ވަރުގަދަ ގުޅުމަށް

about 8 hours 0

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ އިގުތިސޯދު މެނޭޖުކުރަން ނޭނގޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ދަރަނި ފަސްކޮށްދިނުމުން ފައްޔާޒުގެ ޝުކުރު ރާއްޖެ-އިންޑިއާގެ ވަރުގަދަ ގުޅުމަށް

about 8 hours 0

ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ފަސްކޮށްދިނުމުން ދެ ގައުމުގެ ވަރުގަދަ ގުޅުން ދެމިއޮތްކަން އެނގި، ހިތްހަމަޖެހުން ލިބިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު މިރޭ ވިދާޅުވެއްޖެ އެވެ.

މި 50 މިލިއަން ޑޮލަރަކީ ފައްޔާޒު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ސަރުކާރުގައި އިންޑިއާ ސަރުކާރު މެދުވެރިކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަތް 200 މިލިއަން ޑޮލަރުގެ ތެެރެއިން މިއަދު ދައްކަން ޖެހޭ ފައިސާ އެވެ. އިންޑިއާއިން ވަނީ މި ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދީފަ އެވެ.

މިކަމާ ގުޅުވާ ފައްޔާޒު އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި، ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔައި، އިގުތިސޯދު މެނޭޖުކުރަން ނޭނގޭ ކަން ފާހަގަކުރައްވައި، މިކަން ފަހިކޮށްދިނުމުން އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ.

އިންޑިއާާ ސަރުކާރުން މި 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނީ ދައުލަތުގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން، ސަރުކާރުން އެދިގެންނެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އެހީއަކީ އިންޑިއާއިން ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ވެދިން އެހީއެއް ކަމަށެވެ. އެ ބަޔާނުގައި ފޮރިންއިން އިތުރަށް ބުނީ މިއީ "އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާ މެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެއް" ކަމަށެވެ.