Advertisement

އޯވީއެސް ހުޅުވައިފި؛ 20 ޕަސެންޓު ޑިސްކައުންޓު، ރީތި އަދި ފެންވަރު ރަނގަޅު!

19 ސެޕްޓެންބަރު 2024 - 21:24 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އޯވީއެސްގެ ފިހާރަ. -- ފޮޓޯ: އަދަދު


އޯވީއެސް ހުޅުވައިފި؛ 20 ޕަސެންޓު ޑިސްކައުންޓު، ރީތި އަދި ފެންވަރު ރަނގަޅު!

19 ސެޕްޓެންބަރު 2024 - 21:24 0

މިއީ ސަމާސާއެއް ނެތި، ބުނާ ހައްގު ތެދެކެވެ.

ހަޔާތުގައި އެތައް ފިހާރައަކަށް ޒިޔާރަތްކޮށް ވިޔަފާރިކޮށް ތަޖުރިބާ ހޯދުނެވެ. ނަމަވެސް މެދު ޒިޔާރަތް މަގުގައި މިރޭ ހުޅުވި އިޓަލީވިލާތުގެ ހެދުން ވިއްކާ އެންމެ ބޮޑު ކުންފުނި، އޯވީއެސްގެ ފިހާރައަކީ މިހާރު މާލޭގައި ހުރި އެންމެ ހިތްގައިމު، އަންހެނުންނާއި ކުޑަކުދިންގެ އެންމެ ގިނަ ވައްތަރުތަކުގެ އަންނައުނު ހުރި ފިހާރަ އެވެ.

އެ ފިހާރައިގެ ތިރި ހާއްސަކޮށްފައި ވަނީ އަންހެނުންގެ ހެދުމަށެވެ. މަތީބުރި ކުޑަކުދިންގެ އަންނައުނަށެވެ. އޯވީއެސްގެ ޑިޒައިންތަކާއި ފޭރާމުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ކުލަތައް ވެސް ހިތްގައިމެވެ. އަގުތައް ވެސް ބޮޑެއް ނޫނެވެ.


އޯވީއެސް ފިހާރަ ހުޅުވުމާ ގުޅިގެން ހަފާއެއް ވަންދެއް 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

ބައިގަރުނު ކުރިން ފެޝަން އިންޑަސްޓްރީއަށް ވަދެ، މިހާރު އިޓަލީގެ އެންމެ ވަރުގަދަ ބްރޭންޑުގެ ގޮތުގައިވެފައިވާ، އޯވީއެސްގެ ދެހާހެއްހާ ފިހާރަ އެކި ބައްރުތަކާއި ގައުމުތަކުގައި އެބަ ހުއްޓެވެ. މިއީ ރާއްޖޭގައި ހުޅުވި އޯވީއެސްގެ ފުރަތަމަ ފިހާރަ އެެވެ.

ހުރިހާ ޖިންސެއްގެ، ހުރިހާ އުމުރެއްގެ މީހުންގެ ހެދުން އޯވީއެސްގެ ކުޑައިގެ ދަށުގައި އެބަ ހުއްޓެވެ. ނަމަވެސް އޯވީއެސް ފިހާރަ މިވަގުތު ހާއްސަކޮށްފައި ވަނީ ކުޑަކުދިންނާއި އަންހެނުންގެ ހެދުމަށެވެ.

މި ދެކޭ ޒަމާނީ ފެޝަނަށް ވާސިލުވުމުގެ ދިގު ދަތުރުގައި އެކި ލައިފްސައިލްތަކުގެ ފެޝަންތަކާއި ޑިޒައިންތަކަށް އިޓަލީވިލާތުގެ ނުފޫޒު ވަދެފައިވާ މިންވަރު ބޮޑެވެ. އެއީ އެ ގައުމުގެ ޑިޒައިނަރުން ކޮންމެ ކަމެއްގައި ވެސް ގެންގުޅުނު އުހަށް ވާސިލުވުމާއި ކުރާ ކަމެއްގެ ފެންވަރާއި ފަރުވާތެރިވުމުގެ މޮޓޯގެ ނަތީޖާ އެވެ. އެހެންވެ، "މޭޑް އިން އިޓަލީ" އަކީ ހަމައެކަނި ނަމެއްގެ ބަދަލުގައި، ފެންވަރު ހުރި ރަމްޒަކަށް ވި އެވެ.